ކުޑަކުދިން ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ މައިންބަފައިން ކައިރީ ނުތިބޭތި --
ކުޑަކުދިން ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ މައިންބަފައިން ކައިރީ ނުތިބޭތި --

ޅަ އުމުރުގައި ކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ ސަބަބު އެނގޭތަ؟

ޅަ އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ އެންމެ ބޮޑު ސަބަބަކީ ކުދިންގެ މައިން ބަފައިން ކައިރީގައި ނުތިބުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖު ލަންޑަންގެ ދިރާސާ ކުރާ ފަރާތްތަކުން ކުރި ދިރާސާއެއްގެ ނަތީޖާގައި ބުނެފައިވަނީ މައިންބަފައިން މަރުވެ ނުވަތަ ދެމަފިރިން ވަރިވެފައި ތިބޭ މީހުންގެ ދަރިން ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމަށް ހިތްވަރު ލިބޭ ކަމަށެވެ. މި ސަބަބުތަކާއި ހުރެ އެއަށްވުރެ ހަގު އުމުރުގައިވެސް ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާކަމަށް ވެ އެވެ.

އެފަދަ ކުދިންނަށް ހިތްވަރު ލިބޭ ސަބަބުތަކުގެ ތެރޭގައި އުޅެންޖެހޭ މާހައުލުގައި އެފަދަ އަމަލު ކުރާތަން ފެނުމާއި ސިއްހީ ރަނގަޅު އާދަތައް ބުނެދޭން މައިންބަފައިން ކައިރީގައި ނެތުން ހިމެނެ އެވެ.

މިދިރާސާ ކޮށްފައިވަނީ ކުދިން އުފަން ވީންސުރެ 11 އަހަރާއި ދެމެދު އެކި އުމުރުގައި ސުވާލުކޮށްގެންނެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ދެމެދު އުފަންވި ކުދިންގެ އުމުރުން 11 މަހުގައި އެކުދިންގެ ދިރިއުޅުމަށް ބަދަލު އަންނަނަް ފަށާފައިވޭތޯ ބަލަން ފަށައިފި އެވެ.

އޭގެ ފަހުން ތިން އަހަރާއި ފަސް އަހަރު އަދި 11 އަހަރުގައި ކުދިންނަށް އައިސްފައިވާ ބަދަލު ބަލާ ދިރާސާ ކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ. މި ދިރާސާގައި 19،000 ކުދިންގެ ހާލަތު ދެނެގަނެފައި ވެ އެވެ.

އޭގެ ތެރެއިން 11،000 ކުދިންގެ ތެރެއިން ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖެއްގެ މައިންބަފައިން އުމުރުން ހަތް އަހަރު ވާންވީ އިރު ކައިރިއަކު ނެތެވެ. އެކުދިންގެ ތެރެއިން 54 ޕަސެންޓު ކުދިން ވަނީ ހަތް އަހަރު ވާން ވީ އިރު ދެ ފަހަރަށް ވުރެ ގިނައިން ސިނގިރޭޓު ބޮއެފައި އެވެ.

އަދި އެގޮތަށް އަމަލު ކުރެވިފައިވަނީ އެކަން ހުއްޓުވާނެ މީހަކު ނެތުމުން ކަމަށް ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.