ރައީސް މައުމޫން -- ފޮޓޯ: މައުމޫން ފައުންޑޭޝަން
ރައީސް މައުމޫން -- ފޮޓޯ: މައުމޫން ފައުންޑޭޝަން

އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުވާނެ: މައުމޫން

އެކަހެރިވެގެން އެއްވެސް މައްސަލައެއް ހައްލު ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުން ދިވެހިރާއްޖެ  ވަކިވުމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މީގެ 34 އަހަރު ކުރިން ރާއްޖެ ކޮމަންވެލްތުގައި ބައިވެރި ކުރުވަން މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ރާއްޖެ މިއަދު އެ ޖަމިއްޔާއިން ވަކި ވުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަހެރި ވެގެން އެއްވެސް މައްސަލައެއް ހައްލެއް ނުވާނެ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫން ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ނިންމުމުން ހައިރާންވެ ވަޑައިގެންނަވާ ކަމަށެވެ.

އިތުރަށް ކުރެއްވީ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުން މި ވޭތުވެދިޔަ 34 ހަތަރު އަހަރު ރާއްޖެއަށް އެކި ރޮނގު ރޮނގުން ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އުންމީދަކީ އަލުން ރާއްޖެ ކޮމަންވެލްތާއި ގުޅުން ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.

“މީގެ 34 އަހަރު ކުރިން ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ ހެދުމަށް މަސައްކަތްކުރި މީހެއްގެ ގޮތުން، އެ ޖަމިއްޔާ އިން ވަކިވީތީ އަޅުގަނޑު ހިތާމަކުރަން. އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުކުރެވޭނެ،” މައުމޫން ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމި ނިންމުމަށް މައުމޫން ފާޑު ވިދާޅުވި އިރު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވީ ސަރުކާރުން ނިންމާ ކަންކަން ސަރުކާރު ހިންގާ ޕާޓީއަށް އެނގެން ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކާއި މެދު ހިތް ހަމަނުޖެހި މަޝްވަރާގެ މަގު އިހްތިޔާރު ނުކޮށް މައުމޫން މީޑިއާގައި ސަރުކާރަށް ފާޑު ވިދާޅުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ކޮމަންވެލްތުން ވަކިވާން ނިންމާ މިއަދު  ފޮރިންގ މިނިސްޓަރު ޑރ މުހައްމަދު އާސިމް ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައި ނުގަނެ  އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަން ކަމަށެވެ.

ސަރުކާރުން ބުނީ މިގޮތަށް ނިންމީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށާއި މިކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.