ސީމެގުން ވަކވުމަށޤ ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ރައީސް އޮފީސް
ސީމެގުން ވަކވުމަށޤ ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ރައީސް އޮފީސް

ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން ި ނިންމައިފި

ކޮމަންވެލްތުް ދިވެހިރާއްޖެ ވަކިވުމަށް ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާއަށް އެގޮތަށް ލަފާ އެރުވުމުންނެވެ.

ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމި އިރު އެ ޖަމިއްޔާއިން ވަނީ ރާއްޖެ އިސްލާހުވުމަށް ފުރުސަތުދީ އިސްލާހު ނުވެއްޖެ ނަމަ ރާއްޖެ ކޮމަންވެލްތުގެ އެޖެންޑާގައި ހިމަނަން ނިންމާފައިވަނިކޮށެވެ.

އެކަން ހާމަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމެއްގައި ފޮރިން މިނިސްޓަރު ޑރ. އަހްމަދު އާސިމް ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ޑރ އާސިމް ވިދާޅުވީ މިގޮޮތަށް ނިންމަންޖެހުނީ ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައި ނުގަނެ  އަބަދުވެސް  މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަން ކަމަށެވެ.

“ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅަމުން ދަނީ އިންސާފަކުން ނޫން. ކޮމަންވެލްތުން ވަކި ވިޔަސް ރާއްޖެ ބައިވެރިވާ އެހެން ޖަމިއްޔާތަކާއި އެކު އެއްބާރުލުް ދީގެން މަސައްކަތް ކުރާނަން،” މިނިސްޓަރު ޑރ އާސިމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެޓާނީޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ރާއްޖޭގެ ދާހިލީ ވަރަށް ގިނަ ކަންކަމާއި ކޮމަންވެލްތުން ބެހެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން ކޮމަންވެލްތުން މަސައްކަތް ކުރާއިރު ކޮމަންވެލްތުން ސިޔާސީ ކުށްވެރިން ކަމަށް ގަބޫލުކުރާ ވަކި ބަޔަކު މިނިވަންކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ބަޔަކު ނުބުންޏަސް ދިވެހި ސަރުކާރުން  ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ޑިމޮކްރަސީގެ ހަމަތައް ހަރުދަނާކުރުމަށް ކޮމަންވެލްތުން ބުނާއިރު ކޯޓުތަކުގެ ނިންމުންތަކާ ސަރުކާރުން ބެހުމަށް ކޮމަންވެލްތުން އެދޭ. އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. ކޮމަންވެލްތުގެ ވަރަށް ގިނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ހާލަތު އިންތިހާ އަށް ރަނގަޅު. އެހެންވި މި ދަންނަނީ ރާއްޖެއާ މެދު އަމަލުކުރަމުން އަންނަނީ އިންސާފަކުން ނޫނޭ،” އަނިލް ވިދާޅުވި އެވެ.

ދެ މިނިސްޓަރުންވެސް ވިދާޅުވީ މިގޮތަށް ނިންމީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށާއި މިކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.