fbpx

ޕީޕީއެމްގެ ޕީޖީ ގްރޫޕާއި ބައެއް ކައުންސިލް މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ  ބައްދަލުވުން -- ފޮޓޯ:  ޕީއެސްއެމް
ޕީޕީއެމްގެ ޕީޖީ ގްރޫޕާއި ބައެއް ކައުންސިލް މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ޕީއެސްއެމް

ވަކި މީހަކު ނެތަސް ރައީސް ޔާމީނު އިންތިހާބު ކާމިޔާބު ކުރާނެ

ވަކި ބޭފުޅަކު ފަހަތުގައި ނެތަސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުންނާއި ބައެއް ކައުންސިލް މެންބަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ 2018 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައިސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި އެކަން ގަބޫލު ނުކޮށް އެއްބާރުލުން ދޭން ބޭނުން ނުވާ ބޭފޫލުން ފަހަތަށް ޖެހިވަޑައގެން ގޭގައި ތިއްބެވުމަށް އެދޭ ކަމަށެވެ.

ބެލެވޭގޮތުގައި ގެއަށް ވަޑައިގެންނެވުމަށް އަދުރޭ އިޝާރާތް އެކުރެއްވީ ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށެވެ.

މިއަދުގެ ބައްދަލުވުމުގައި ނުސީދާކޮށް އަދުރޭ ވަނީ މައުމޫނާއި ނުލައިވެސް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފައި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލާއި މެންބަރުން ރައީސް ޔާމީނަށާއި  މިސަރުކާރަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނެފައިވާކަމަށެވެ.

“އަޅުގަނޑުމެން ޔަގީންކަމާ އެކު މި ދަންނަވަނީ އެމަނިކުފާނު 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއޭ. އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ބޭފުޅަކު އަރާވަޑައިނުގެން ގޭގައި ހުންނަވާށޭ،” އަދުރޭ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ޕީޕިއެމްތެރޭގައި ހުރި ހިޔާލުތަފާތުވުން އެއް ފަރާތްކޮށް ހުރިހާ ބޭފުޅުން ގުޅިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި ރައީސް މައުމޫންވެސް ހުންނަވާނީ ރައީސް ޔާމީންގެ ފަހައްޕުޅުގައި ކަމަށެވެ.

 

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

  1. ގަދަބަސް ބުނެފައި ޢަދުރޭ ނުނިކުންނާތި
    ސަރަފް ވެރިކަމާއިއެކު ޢަދުރޭ ނޫނަސް ރައީސް މިފަހަރު ނެރުއްވާނަން

Comments are closed.