ތައިލެންޑުގެ ކޮމާސް މިނިސްޓަރު އިއްޔެ ރާއްޖެ ވަޑައިގެންނަވައި އެއާޕޯޓުގައި -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ތައިލެންޑުގެ ކޮމާސް މިނިސްޓަރު އިއްޔެ ރާއްޖެ ވަޑައިގެންނަވައި އެއާޕޯޓުގައި -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މެދުވެރިއަކާ ނުލައި ރާއްޖެއަށް ތައިލެންޑުން ކާނާ އެތެރެ ކުރަން މަޝްވަރާކޮށްފި

އެއްވެސް މެދުވެރިއަކާއި ނުލައި ތައިލެންޑުން ކާނާގެ ބާވަތްތައް ރާއްޖެ އަށް އެތެރެ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ތައިލެންޑުން ރާއްޖެ އަށް ކާނާގެ ބާވަތްތައް މިހާރު އެތެރެކުރަނީ ބްރޯކަރުން މެދުވެރިކޮށެވެ.

މި މަޝްވަރާތައް ކުރެވުނީ މިހާރު ކުރިޔަށްދާ ދެ ގައުމުގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން އާއި އެކު އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ބޭއްވި ބައްދަލުވުމެއްގައި  އެވެ. އެކަމަކު އެއީ ނުރަސްމި ބައްދަލުވުމެކެވެ.

ދެގައުމުގެ ވިޔަފާރީގެ މަޝްވަރާތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރު ވަނީ އެ ގައުމުގެ ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން ކުއްލި ގޮތަކަށް އެނބުރި ގައުމަށް ވަޑައިގެންފައި އެވެ. އެހެންވެ މިއަދު ބާއްވަން އޮތް ދެ މިނިސްޓަރުންގެ ރަސްމީ ބައްދަލުވުން ވަނީ ކެންސަލްކޮށްލަން ޖެހިފައި އެވެ

ތައިލެންޑުގެ ކޮމާސް މިނިސްޓަރު ފުރާވަޑައިގަތުމުގެ ކުރިން ރޭ އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވި ދަނޑުވެރިންނާއި އެ ނޫން ވެސް ކާނާގެ ބާވަތްތައް އުފައްދާ ތައިލެންޑުގެ ފަރާތްތަކާ ސީދާ މުއާމަލާތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ތައިލެންޑުގެ ކޮމާސް މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ތައިލެންޑުން މިހާރު ކުރަމުންދާ މަހާއި ޓޫރިޒަމް އަދި ކާނާގެ ވިޔަފާރީގެ އިތުރުން އެހެން ދާއިރާތަކުން ގުޅުން ބަދަހި ކުރެވިދާނެ ކަމަށެވެ.

ތައިލެންޑުގެ ކޮމާސް މިނިސްޓަރު އެނބުރި ވަޑައިގެންނެވި ނަމަވެސް ވަފުދުގައި ހިމެނިވަޑައިގެންނަވާ 30 ވިޔަފާރިވެރިން ނާއި އެކު ބައްދަލުވުންތައް ކުރިޔަށް އެބަ ގެންދެ އެވެ.

މިއަދު އެކްސްޕޯޓު ކުރާ ތަކެތި ދައްކާލުމަށް ބާއްވާ ހާއްސަ ފެއާ ދަރުބާރުގޭގައި ކުރިއަށް ދާނެ އެވެ. އަދި އެ ކުންފުނިތަކުގެ އިސް ވެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު، ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 02:30 އިން ހަވީރު 05:00 އަށް ކުރިއަށް ދާ ފެއާގެ ތެރޭން ދޭ ގޮތަށް ވެސް ނިންމާފައިވެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.