އަރަބިއްޔާ ހުރި ބިމުގައި އަޅާ ފްލެޓުތައް -- ފޮޓޯ: ޓުވިޓާ
އަރަބިއްޔާ ހުރި ބިމުގައި އަޅާ ފްލެޓުތައް -- ފޮޓޯ: ޓުވިޓާ

ފްލެޓު ލިބޭނެ ކަން އެންގި އެންމެންނަށް ފްލެޓު ދޭން އޭސީސީން އަންގައިފި

އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭނެ ކަން ކުރިން ޔަގީންވެ، ގެޒެޓްގައި ނަން ހިމަނާފައިވާ އެންމެން ހިމަނައިގެން އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އަންގައިފި އެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ ހައުސިން މިނިސްްރީ އަށާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނަށެވެ. އޭސީސީން ބުނި ގޮތުގައި ފްލެޓް ހަވާލު ކުރުމުގައި އަމަލުކޮށްފައިވަނީ ވަކި ބަޔަކަށް ގެއްލުން ލިބި އަނެއް ބަޔަކަށް ފައިދާ ލިބޭ ގޮތައް ކަމަށެވެ.

އެހެންވެ އަންގާފައިވަނީ ފްލެޓް ލިބޭނެ ކަން މީގެ ތިން އަހަރު ކުރިން ޔަގީންވެފައިވާ 266 ފަރާތް ހިމެނޭ ގޮތަށް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އޭސީސީން ބުނެފައިވަނީ ފްލެޓު ދިނުމުގެ ކަންކަމާއި ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ބައެއް ޝަކުވާތަކާއި ގުޅިގެން ތަހުގީގުކޮށް ބެލި ބެލުުން ބައެއް މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މީގެ ތިން އަހަރު ކުރީން ޝަރުތު ހަމަވާ ފަރާތްތަކަށް ލިޔުން ހަވާލުކުރި އިރުވެސް، އެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ދެވޭނީ ފަސް އަހަރު ދުވަސްކަމަށް ކުރީން އަންގާފައި ނުވާ ކަމަށެވެ.

މިދިޔަ ހަފްތާގައި އަރަބިއްޔާ ހުރި އިމާރާތުގެ ފްލެޓުތައް ކަނޑައެޅުމަށް ގުރުއަތުލުމަށް ގެންގުޅުނު ލިސްޓުގައި ހުރީ ފަސް އަހަރުތެރޭ ދެ މިލިއަން ރުފިޔާ ދެއްކޭނެކަން އަންގާފައިވާ ފަރާތްތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ

އެކަމަކު އޭސީސީން ބުނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކޭނޭކަން ބަޔާންކޮށް ހައުސިން މިނިސްޓްރީއަށް ޖަވާބުދިން 149 ފަރާތެއް ހިމެނޭ ގޮތަށް ގުރުއަތުލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެޗްޑީސީއަށް، ހައުސިން މިނިސްޓްރީން ފޮނުވި ލިސްޓުގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކޭނޭ ކަމަށް ބަޔާންކޮށްފައި ނުވާ ފަރާތްތައްވެސް ހިމަނާފައިވާކަމަށެވެ.

ފައިސާ ދައްކާނޭ ތަފްސީލް ހުށަނާޅާ ބައެއް ފަރާތްތަކަށް ފައިސާ ދައްކާނޭ ގޮތުގެ ތަފްސީލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ފަހުން ދީފައިވާ ކަމަށް، ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބުނާ ކަމަށާއި ސިޓީ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅާފައިވާ ސިޓީތަކަށް މިނިސްޓްރީން ޖަވާބުދީފައި ނުވުމުން އެފަރާތްތަކަށް ގޮތެއް ނިންމައި ފައިސާ ދެއްކޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ފުރުސަތު ގެއްލިފައިވާކަން ވެސް އޭސީސީން ފާހަގަކޮށްފައި ވެއެވެ.

އޭސީސީން ބުނީ، އެޗްޑީސީ މެދުވެރިކޮށް ފްލެޓްތަކަށް ފައިސާ ދެއްކޭނޭ ފަސޭހަ އިންތިޒާމެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވާތީ، ފްލެޓް ލިބޭނޭކަމަށް ކުރިން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.