ސެމްސަންގް ނޯޓު 7 – ފޮނި ފެށުމާއި ހިތި ނިމުން

ފޯނު އުފެއްދުމުގައި މަޝްހޫރު ކުންފުނި ކަމުގައިވާ ސެމްސަންގް އިން ސެމްސަންގް ގެލެކްސީ ނޯޓް 7 މި އަހަރުގެ އޯގަސްޓް މަހު ބާޒާރަށް ނެރުމާއެކު ޓެކްނޮލޮޖީގެ ދުނިޔޭގައި މުޅީންހެން ދެކެވެމުން ދިޔައީ އެ ފޯނުގެ މޮޅު ވާހަކަ އެވެ. ވޯޓަރ ޕްރޫފް ޓެކްނޮލޮޖީ އާއި އައިރިސް ސްކޭން ޓެކްނޮލޮޖީ އާއެކު މި ފޯނާ ވާދަ ކުރެވޭ ވަރު ފޯނެއް އޭރު މާކެޓުގައި ނެތެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ސެމްސަންގް ކުންފުނިން މިވަނީ އެ ފޯނު އިތުރައް ނުވިއްކަން ނިންމައި، އިތުރަށް ނުއުފައްދަން ނިންމައި، އަދި ނުވިއްކުމަށާއި ބޭނުން ނުކުރަން ކަސްޓަމަރުންނަށްވެސް އަންގައިފަ އެވެ. މި ލިޔުމުގައި މި ބަލާލަނީ ނޯޓް 7 ގެ ފެށުމާއި ނިމުމަށެވެ.

އޯގަސްޓް 2 – ނޯޓް 7 ލޯންޗް ކުރުން

497593-487782-unpacked-crowd

މި އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ސެމްސަންގް ކުންފުނިން އެ ކުންފުނީގެ ސްމާޓްފޯނުގެ އެއްމެ ފަހުގެ ފްލެގްޝިޕް މޮޑެލް ނޯޓް 7 ލޯންޗު ކުރި އެވެ. އެއްމެ ފަހުގެ ގިއަރ ވީއާރު ހެޑް ސެޓާއި އެކުގަ އެވެ. އެއްމެ ފުރަތަމަ އައިރިސް ސްކޭން ޓެކްނޮލޮޖީ ހިމެނި ފޯނުގެ ގޮތުގަ އެވެ. ނޯޓު 5 އަށް ފަހު ނޯޓް 6ގެ ބަދަލުގައި ނޯޓް 7 ނެރުނީ ސެމްސަންގް ގެލެކްސީ އެސް 7 އަދި އެސް 7 އެޖަށް ލިބުނު ކާމިޔާބަށްފަހުގަ އެވެ.

އޯގަސްޓް 16 – ފޯނު ރިވިއު ކުރާ ފަރާތްތަކުން މި ފޯނަށް ތަރުހީބުކޮށް ސަނާ ކިޔަން ފެށި

a6b587e43778d247a0536f487998b99b-970-80

ޓެކްނޮލޮޖީގެ ދުނިޔޭގައި ޕްރޮޑަކްޓްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު އާއްމުކޮށް ފުރަތަމަ ލިބެނީ ރިވިއު ކުރާ ފަރާތްތަކަށެވެ. އެގޮތުން ނޯޓް 7 ލޯންޗް ކުރިތާ 15 ވަރަކަށް ދުވަސް ތެރޭގައި ރިވިއު ކުރާ ފަރާތްތަކަށް ނޯޓް 7 ލިބެން ފެށި އެވެ. އަދި އެ ފަރާތްތަކުން އެ ފޯނުގެ މޮޅު ވާހަކަ ދައްކައި ފޯނަށް ތައުރީފް ކޮށްފައި ވެ އެވެ. ބައެއް ފަރާތްތަކުގެ ރިވިއު ތަކުގައި ވާގޮތުން ނޯޓް 7 އަކީ ދުނިޔޭގައި މިހާތަނަށް ނެރުނު އެއްމެ މޮޅު އަދި އެއްމެ ވަރުގަދަ ފޯނެވެ.

އޯގަސްޓް 19 – ފޯނު ރަސްމީކޮށް ވިއްކަން ފެށި

_91003684_gettyimages-588328896

އޯގަސްޓް 2 ގައި ލޯންޗު ކުރުމަށްފަހު އޯގަސްޓް 3 ގައި ޕްރީ އޯޑަރ އަށް ހުޅުވާލުމަށްފަހު އޯގަސްޓް މަހުގެ 19 ވަނަ ދުވަހު މި ފޯނު ރަސްމީކޮށް ވިއްކަން ފެށި އެވެ. ފުރަތަމަ ވިއްކަން ފަށާފައިވަނީ އުތުރު އެމެރިކާގަ އެވެ. އޭރު ސެމްސަންގް އިން ހާމަކޮށްފައިވާގޮތުގައި އެއްމެ ފުރަތަމަ ދެ ދުވަސް ތެރޭގައިވެސް 2 ލައްކައަށްވުރެ ގިނަ ފޯނު ވިކުނެވެ. އެއީ ދެކުނު އެމެރިކާގައި ރެކޯޑް އަދަދަކަށްވާއިރު އޭރު ފޯނުގެ ޑިމާންޑް ދިޔައީ ބޮޑުވަމުންނެވެ.

އޯގަސްޓް 31 – ފޯނުގެ ބެޓެރީ ގޮވާ މައްސަލަ ފެންމަތިވުމުން ފޯނުގެ ވިޔަފާރި ވަގުތީ ގޮތުން ހުއްޓައިލި

samsung-galaxy-note-7-owner-jonathan-strobel-alleges-the-phone-exploded-in-his-pocket-712203

ވިއްކަން ފެށިތާ ދެ ހަފްތާގެ ތެރޭގައި، ފޯނުގެ ބެޓެރީގައި އުޅޭ މައްސަލައެއްގެ ސަބަބުން ފޯނު ގޮވާ މައްސަލަ އިންތިހާއަށް ފެންމަތިވެ ފޯނުގެ ޝިޕްމެންޓް ތައް ކެންސަލް ކޮށް، ކުރިން ވިއްކި ފޯނުތައް އަނބުރާ ހޯދައި ބެޓެރީ މައްސަލަ ހައްލުކޮށް އައު ފޯނުތަކުގެ ޝިޕްމެންޓްތައް ދާދި އަވަހަށް ބާޒާރަށް ނެރޭނެ ކަން އެ ކުންފުނިން އިއުލާނު ކުރި އެވެ.

ސެޕްޓެމްބަރު 2 – އުފާވެރި ހަބަރަކީ 2.5 މިލިޔަން ފޯނު ވިކުނު ކަން، ހިތާމަވެރި ހަބަރަކީ އެ ފޯނުތައް ބަދަލުކުރަން ޖެހުނުކަން

OREM, UT - SEPTEMBER 15: A Samsung Galaxy Note 7 lays on a counter after it was retuned to a Best Buy on September 15, 2016 in Orem, Utah. The Consumer Safety Commission announced today a safety recall on Samsung's new Galaxy Note 7 smartphone after users reported that some of the devices caught fire when charging. (Photo by George Frey/Getty Images)

ފޯނުގެ ބެޓެރީއަށް ދިމާވާ މައްސަލައަކާއި ގުޅިގެން ގޮވާފައިވާ ނޯޓު 7 ގެ އަދަދު 40 އާއި ގާތް ކޮށްފައިވާއިރު ސެމްސަންގް ކުންފުނިން އިއުލާނު ކުރި ގޮތުގައި އޭރު 2.5 މިލިޔަން ފޮނު އޮތީ ވިކިފަ އެވެ. ނަމަވެސް ބެޓެރީ މައްސަލަ ހައްލުކުރުމަށާއި ކުންފުނީގެ އިމޭޖް ރީތި ކުރުމަށާއި ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ފޯނު އެކްސްޗޭންޖް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމި އެވެ. އެ ނިންމުމާއިއެކު އެ ކުންފުނިން މަސައްކަތް ފެށި ބެޓެރީ މައްސަލަ ހައްލުކޮށް ވީ އެއްމެ އަވަހަކަށް ފޯނު އަލުން ބާޒާރަށް ނެރުމަށެވެ. އެކްސްޗޭންޖް ޕްރޮގްރާމު ކުރިއަށް ގެންދިޔައީ 1 ބިލިޔަން ޑޮލަރުގެ ގެއްލުމަކާއި އެކުގަ އެވެ.

ސެޕްޓެމްބަރު 20 – މައްސަލަ ހައްލުކޮށް އަލުން ބާޒާރަށް ނެރުނު

battery-note-7-092016_rev1-800x420

ނޯޓް 7 ފޯނުތަކަށް ދިމާވާ ބެޓެރީ މައްސަލަ ހައްލުކޮށްފައިވާނެ ކަމަށްބުނެ އައު ޝިޕްމެންޓެއް ބާޒާރަށް ނެރުނެވެ. އެއް ދުވަހުގެ ތެރޭގައި ފަސް ލައްކައަށްވުރެ ގިނަ ފޯނު ރީޓެއިލް ލޮކޭޝަން ތަކަށް ފޮނުވި އެވެ. ފަހުގެ ޝިޕްމެންޓަށް ނިސްބަތްވާ ފޯނު ދެނެގަންނާނެ ގޮތްތައްވެސް ސެމްސަންގް ކުންފުނިން އާއްމު ކުރި އެވެ. އެއީ ފޮށީގައި އިންނަ ކަޅުކުލައިގެ ގޮޅި އާއި ފޯނުގެ ބެޓެރީ އައިކޮން އިންނާނީ ފެހި ކުލައިން ކަމަށް ބުނުމެވެ. ސެމްސަންގް އިން ހާމަކޮށްފައިވާގޮތުގައި ހަފްތާއެއްގެ ތެރޭގައި ކުރިން ވިކުނު ފޯނުތަކުގެ 60 އިންސައްތަ ފޯނު އެކްސްޗޭންޖް ކުރެވުނެވެ.

އޮކްޓޯބަރު 5 – އަނެއްކާވެސް ފޯނު ގޮވާ މައްސަލަ ފެންމަތިވި

img_0181

މައްސަލަ ހައްލުކޮށް ބާޒާރަށް ނެރުމާއެކު ސެންސަންގަށް އިތުބާރުކޮށް ބައެއް އެއާލައިންތަކުން ނޯޓު 7 ފޯނު ފްލައިޓް ތަކަށް އެރުވުމުގެ ހުއްދަ ދޭން ފެށި އެވެ. ނަމަވެސް އެއީ ފޯނު ނިއްވާލާފައި ބޭއްވުމަށާއި ޗާޖު ނުކުރުމަށް ސަރުތުކުރުމަށް ފަހުގަ އެވެ. މި މަހުގެ 5 ވަނަ ދުވަހު އެމެރިކާގެ ސައުތުވެސްޓް އެއާލައިންގެ ފްލައިޓެއްގެ ތެރޭގައި ނޯޓް 7 ފޯނަކުން ދުން އެރުމާއިއެކު ފްލައިޓުން މީހުން ހުސްކުރި އެވެ. އަލަށް މާކެޓަށް ނެރުނު ފޯނުތަކުގައިވެސް ބެޓެރީ މައްސަލަ ދިމާވާކަން ފެންމަތި ވި އެވެ.

އޮކްޓޯބަރު 9 – ފޯނު ވިއްކާ ބޮޑެތި ކުންފުނިތަކުން ނޯޓް 7 ވިއްކުން ހުއްޓުމަކަށް ގެނައި

at-twindow_600x400

ދެވަނަ ޝިޕްމެންޓާއެކުވެސް ފޯނު ގޮވާ މައްސަލައަށ ހައްލެއް ނުލިބުމުން ފޯނު ވިއްކާ ބޮޑެތި ކުންފުނިތަކުން ނޯޓް 7 ވިއްކުން ހުއްޓާލިކަން އިއުލާނު ކުރަން ފެށި އެވެ. އެގޮތުން ޓީ މޯބައިލް އަދި އޭޓީ އެންޑް ޓީ އިން ނޯޓް 7 ފޯނުތައް ނުވިއްކަން ނިންމާފައިވާކަން އިއުލާނު ކުރި އެވެ.

އޮކްޓޯބަރު 10 – ފޯނު އިތުރަށް ނުވިއްކުމަށާއި އިތުރަށް ބޭނުން ނުކުރުމަށް ސެމްސަންގް ކުންފުނިން އެންގި

note7bottomedge

ނޯޓް 7 ފޯނު އިތުރަށް ނުވިއްކުމަށާއި ފޯނުތައް ބޭނުން ނުކުރުމަށް ސެމްސަންގް ކުންފުނިން، ކަސްޓަމަރުންނަށާއި ރީޓެއިލް ކުންފުނިތަކަށް އެންގީ މި ހަފްތާގެ ހޯމަ ދުވަހުގަ އެވެ.

އޮކްޓޯބަރު 11 – ނޯޓް 7 އުފެއްދުން ހުއްޓާލިކަން އިއުލާނު ކުރި

note-7-discontinued

ނޯޓް 7 އަށް ދިމާވި ހިތާމަވެރި ގޮތަށް ރިއާޔަތްކޮށް ނޯޓް 7 އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި ނޯޓު 7 އުފެއްދުން ހުއްޓާލިކަން ސެމްސަންގް ކުންފުނިން ރަސްމީކޮށް އިއުލާނުކުރީ މި ހަފްތާގެ އަންގާރަ ދުވަހުގަ އެވެ.

ސެމްސަންގް އެނބުރި އަންނާނެތަ، ނޫނީ ބަނގުރޫޓު ވާނީތަ !

samsung_logo_seo

ހަމަ ގައިމުވެސް ނޯޓު 7ގެ ހާދިސާއާއި ގުޅިގެން ސެމްސަންގް ކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވެފަ އެވެ. ކަސްޓަމަރުންގެ އިތުބާރު ގެއްލިފަ އެވެ. ކުންފުނީގެ ކަރު އެލިފައެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާގޮތުގައި ވަރުގަދަ އުފެއްދުމަކާއި އެކު ސެމްސަންގް އަދި އެނބުރި އަންނާނެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.