fbpx

މީގެ ނުވަ އަހަރު ފަހުން 268 މިލިއަން ކުޑަ ކުދިން ތިބޭނީ އުމުރަށް ވުރެ ފަލަކޮށް ކަމަށް ދިރާސާތަކުން ދައްކާ --
މީގެ ނުވަ އަހަރު ފަހުން 268 މިލިއަން ކުޑަ ކުދިން ތިބޭނީ އުމުރަށް ވުރެ ފަލަކޮށް ކަމަށް ދިރާސާތަކުން ދައްކާ --

މީގެ ނުވަ އަހަރު ފަހުން 268 މިލިއަން ކުޑަ ކުދިން ތިބޭނީ އުމުރަށް ވުރެ ފަލަކޮށް

މީގެ ކުރީގައި ހެދި ދިރާސާތަކާއި މިހާރުގެ ދިރާސާތަކަށް މާބޮޑު ބަދަލެއް އައިސްފަ ނުވާތީ 2025 ވަަ އަހަރު އަންނަ އިރު ދުނިޔޭގައި 268 މިލިއަން ކުޑަކުދިން ތިބޭނީ އުމުރަށްވުރެ ފަލަކޮށް ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ވޯލްޑް އޮބޭސިޓީ ފެޑަރޭޝަނުން ކުރި ދިރާސާއެއްގެ ނަތީޖާގައި ބުނެފައިވަނީ އެއް އަހަރުން އަނެއް އަހަރަށް ކުދިން ފަލަވެ ބަރުވާ މިންވަރު އަންނަނީ ހީނުކުރާ ވަރަށް އިތުރުވަމުން ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު އަންނަ އިރު އުމުރަށްވުރެ ފަލަ ކުދިން އެންމެ ގިނަވާނީ އުމުރުން ފަސް އަހަރާއި 17 އަހަރާއި ދެމެދުގައި އެވެ.

މި ފަހަރުގެ ދިރާސާގައި ބަލާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަުގެ ނިޔަލަށް ކުޑަކުދިންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަށެވެ.

މި ދިރާސާ ހެދި ފަރާތްތަކުން އެންމެ ފަހުން ކުޑަކުދިންގެ ބަރުދަނަށް އަންނަމުންދާ ބަދަލު ދެނެގަންނަން ދިރާސާކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. އޭރު މި އުމުރު ފުރާގެ ކުދިންގެ ތެރެއިން 219 މިލިއަން ކުޑަކުދިން ތިބެނީ އުމުރަށް ވުރެ ފަލަކޮށް ކަމަށް ނަތީޖާއިން ދެއްކި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ދިރާސާގެ ނަތީޖާ ހުށަހެޅުމުން އެ ޖަމިއްޔާއިން ވަނީ 2025 ވަނަ އަހަރު އަންނަން ވާއިރަށް އަންދާޒާ ކޮށްފައިވާ އަދަދަށް ކުޑަކުދިން ފަލަ ނުވާނެ ގޮތް ހެދުމަށް ގައުމުތަކާއި އެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައި އެވެ. ނަމަވެސް އެ ޖަމިއްޔާއިން ކުރި މަސައްކަތުން ބަދަލެއް އައިސްފައި ނުވާތީ އެ ފެޑަރޭޝަނުން ކުރި ދިރާސާގެ އަލީގައި 2025 ވަނަ އަހަރު ކުޑަކުދިން ފަލަވާނެ ކަމަށް ލަފާކޮށްފައިވާ ވަރަށް އެ އަދަދު މަތިވާނެ ކަމަށް ބުނެ އެވެ.

ދިރާސާއިން ދައްކާގޮތުގައި 2025 ވަނަ އަހަރު ކުޑަކުދިންނަށް ޖެހޭ ބަލިތައްވެސް އިތުރުވާނެ އެވެ. އެގޮތުން ހަތަރު މިލިއަން ކުދިންނަށް ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ ޓައިޕް ޓޫ، 27 މިލިއަން ކުދިންނަށް ލޭމައްޗަށް ދިއުން ފަދަ ކަންކަން ދިމާވާނެކަމަށް ލަފާކޮށްފައިވާއިރު 38 މިލިއަން ކުދިންގެ ފުރަ މޭގައި ފެޓް އުފެދޭވަރު އިތުރުވަމުން ދާނެ ކަމަށް ލަފާ ކުރެ އެވެ.

މި ދިރާސާއަށް ފަހު އެ ފެޑަރޭޝަނުން އަނެއްކާވެސް ވަނީ ކަމާ ބެހޭ ފަރާތްތަކަށް ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދިނުމަށް ކުރިޔަށް ގެންދެވޭ ހަރަކާތްތައް އިތުރު ކުރުމަށް ގައުމުތަކަށް ބާރު އެޅުމަށް އެދިފައި އެވެ.

 

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.