ފޮޓޯ: އެޑިއުކޭޝާން މިނިސްޓްރީ
ފޮޓޯ: އެޑިއުކޭޝާން މިނިސްޓްރީ

ސްކޫލްތަކުން ބާކީވާ ކަރުދާސް މެނޭޖް ކުރުމަށް ‘ވެމްކޯ’ އާއި ހަވާލު ކޮށްފި

ސްކޫލްތަކުގައި ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް މެނޭޖުކުރުމުގެ މަސައްކަތްކުރުމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފި އެވެ.
ވެމްކޯގެ ‘ފެހި މާދަން’ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގެ ސްކޫލްތަކުން ބާކީވާ ކަރުދާސް ރީސައިކަލް ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އާއި ވެމްކޯ އާއި ދެމެދު މިއަދު ވަނީ ފަހުމްނާމާ އެއްގައި ސޮއި ކުރައްވާފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ. އަދި ވެމްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީން ފުއާދު އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ސްކޫލްތަކުގައި ބޭނުންކޮށް ބާކީ ވާ ކަރުދާސް ރީސައިކަލް ކުރުމުގެ މަސައްކަތާއި ވެމްކޯއިން ހަވާލު ވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ވެމްކޯ އިން ރީސައިކަލް ކުރުމާއި ބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ 212 ސްކޫލްގައި ދަރިވަރުން ބޭނުންކޮށްފަ ހުންނަ ފޮތްތަކުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ޖުމްލަ 442،506 ފޮތް ބާކީ ވާ ކަމަށާއި އެއީ އަހަރެއްގެ މައްޗަށް 150.5 ޓަނުގެ ކަރުދާސް ކަމަށެވެ. އެހެންކަމުން، ކެމްކޯގެ އެހީ އާއި އެކު ސްކޫލްތަކުން ބާކީ ވާ ކަރުދާހުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝްތު ޝިހާމް- ފޮޓޯ: އެޑިއެކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝްތު ޝިހާމް- ފޮޓޯ: އެޑިއެކޭޝަން މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މި މަޝްރޫއު އާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް ކުނީގެ ތަފާތު ބާވަތްތައް ވަކި ކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތުގައި މަސްއޫލުވެވި، ސްކޫލް ދައުރަށް ފަހު އަމިއްލަ ދިރިއުޅުމުގައި އެ ދަރިވަރުންނަކީ ތިމާވެއްޓާއި ރައްޓަހިގޮތުގައި ދިރިއުޅުން ބައްޓަން ކުރާ ބަޔަކަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާނީ ވެމްކޯއިން ސްކޫލްތަކުގައި ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް ސްކޫލްތަކުގައި ބެހެއްޓިފައި ހުންނަ ޑަސްބިނުން ނަގައިގެންނާއި، އަހަރު ނިމުމަށްފަހު ބާކީވާ ފޮތްތަކުން ލިބޭ ކަރުދާސް ރީސައިކަލް ކޮށްގެންނެވެ. މިކަމަށްޓަކައި މި ރަސްމިއްޔާތުގައި ސްކޫލްތަކާއި ޑަސްބިން ހަވާލުކުރެއްވިއެވެ.
މި އެއްބަސްވުމާއި އެކު މިހާރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކަރުދާސް ރީސައިކަލް ކުރުމުގެ މަސައްކަތް ނަމަވެސް މި މަޝްރޫއު އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ކުރިއަށް އޮތް މުސްތަގުބަލުގައި ސްކޫލްތަކުން ބާކީ ވާ ޕްލާސްޓިކާއި މެޓަލް ފަދަ ތަކެތި ރީސައިކަލް ކުރުމަށް ވެމްކޯއިން ވިސްނައެވެ.
އެއާއިއެކު ސްކޫލްތަކަކީ ތިމާވެއްޓާއި ރައްޓަހި މާހައުލަކަށް ހެދި، ސްކޫލްތަކުގެ ދަރިވަރުންނަކީ ތިމާވެއްޓާއި މެދު ހޭލުންތެރި ކުދިބަޔަކަށް ވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ޔަގީން ކުރަމެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.