ފެނަކަ ބޯޑު މެންބަރުން -- ފޮޓ: ފެނަކަ ކޯޕަޜޭޝަން
ފެނަކަ ބޯޑު މެންބަރުން -- ފޮޓ: ފެނަކަ ކޯޕަޜޭޝަން

ފެނަކައިގެ ޗެއާމަން ނަދީމް އިސްތިއުފާދެއްވައިފި

ފެނަކައިގެ ޗެއާމަން މުހައްމަދު ނަދީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނަދީމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.

އިސްތިއުފާދެއްވާ ފޮނުވި ސިޓީގައި ނަދީމް ވިދާޅުވެފައިވަނީ އިސްތިއުފާދެއްވީ ކުންފުނީގެ ބޯޑުން ނިންމާ ކަންތައްތަކަށް އަމަލުކުރުން ލަސްވެ، ކުންފުނީގެ މައިގަނޑު މަގުސަދުތައް ހާސިލު ނުވާތީ ކަމަށެވެ. އަދި ކުންފުންޏާއި ރައްޔިތުންނަށް ބޮޑެތި ގެއްލުން ވަމުން ދިއުމުގެ އިތުރުން ބައެއް ކަންކަމުގައި އެ އުސޫލުތަކުގެ ބޭރުން މުއާމަލާތްތައް ކޮށްފައި ހުރިކަން ފާހަގަ ކުރެވޭތީ ކަމަށް ނަދީމްގެ ސިޓީގައި ވެ އެވެ.

އިތުރަށް ވިދާޅުވެފައިވަނީ މިކަންކަން މިހެން ހުރުމުން އޭނާ އުންމީދު ކުރި ގޮތަށް ކުންފުނިން ހިދުމަތ ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ކަންކަން ބޯޑަށް ނޭނގިވެސް ފެނަކައިގެ ތެރެއިން ހިނގަމުންދާ ކަމަށެވެ.

އެގޮތުން ފެނަކައަށް ޖެނުއަރީ 1، 2016 އިން ފެށިގެން ވަކި ގޮތަކަށް ޑީސަލް ގަތުމުގެ ކަންކަން ކުރުމަށް ރައީސް އޮފީހުން އަންގާފައި ވިޔަަސް، އެ ނޫން ގޮތަކަށް އެކަން ކޮށްފައި ވާކަން ފާހަގަ ކޮށްފައިވެ އެވެ. އެކަމަކު އޭގެ ތަފްސީލު ހާމަކޮށްފައި އެއް ނުވެ އެވެ.

“މިދެންނެވި ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ ބޯޑުން ނިންމާ ކަންތައްތަކަށް އަމަލުކުރުން ލަސްވެ، ކުންފުނީގެ މައިގަނޑު މަގުސަދުތައް ހާސިލް ނުވެ، ކުންފުންޏާއި ރައްޔިތުންނަށް ބޮޑެތި ގެއްލުން ވަމުން ދިއުން ހިމެނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ކުންފުނީގެ ބޮޑެތި މައްސަލަތައް ބޯޑު މެމްބަރުންނަށް ނުވަތަ ޗެއާމަން އަށް އެނގެނީ މީޑިއާގެ ޒަރީއާއިންނާއި އާންމު ބައެއް ފަރާތްތަކުންނެވެ. ކުންފުނީގެ ކަންކަން ނިންމާ، ކަންކަމުގެ ޒިންމާ ނަގަން ޖެހެނީ ބޯޑު މެމްބަރުން ކަމަށްވާއިރު، ބޯޑަށް ނޭނގި ކަންކަން ނިންމުމަކީ އަޅުގަނޑަށް އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ،” ނަދީމް ވިދާޅުވި އެވެ.

ޗެއާމަން ކަމުގެ މަގާމުން ނަދީމް މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި ނިމާލް އެ މަގާމުން ވަކިކޮށް، އާ އެމްޑީއަކަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޝަރީފް އައްޔަނު ކުރައްވައިފައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.