އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އޮޑިޓާ ޖެނެރަލްގެ މައްސަލަ ކޯޓަށް ހުށަހަޅާނަން: އެމްޑީޕީ

އޮޑިޓާ ޖެނެރަލް މަގާމުން ވަކިކުރެވޭގޮތަށް ތަސްދީގުކޮށްފައިވާ އިސްލާހުގެ މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީގެ ގައުމީ ހިންގާކޮމިޓީއަށް ހުށަހަޅަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑާ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި މައްސަލަ ގައުމީ ހިންގާ ކޮމިޓީއަށް ހުށަހަޅަނީ ޕީޖީ ގްރޫޕްގެ ފަރާތުން ކަމަށާއި މާދަމާ އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓަށް ހުށަހަޅަން ބޭނުންވަނީ ގާނޫނު އަސާސީއާ ހިލާފަށް އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް ޕީޕީއެމްގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ހުށަހަޅަނީ ހިންގާ ކޮމިޓީން ފާސްވެއްޖެ ނަމަކަމަށް ވިދާޅުވި އެވެ.

”އެ އިސްލާހު ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް. އަޅުގަނޑުން މައްސަލަ ކޯޓަށް ހުށަހަޅާނަން،“ ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓަށް ހުށަހަޅާނީ އޮޑިޓަރ ޖެނެރަލް 30 ދުވަހުގެ ތެރޭގައި އައްޔަން ކުރުމަށް ބުނެފައިވާ މައްދާކަމަށެވެ. އެއީ އެމާއްދާއަކީ ގާނޫނު އަސާސީއާ ހިލާފު މައްދާއެއް ކަމަށާއި އެ މައްދާ އެގޮތަށް ނުހިމެނޭނެތީކަމަށް ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ  ޕީޕީއެމްގެ މެޖޯރިޓީ ސަރުކާރުގައި އޮތް ނަމަވެސް ގާނޫނު އަސާސީގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ކަމެއް މެޖޯރިޓީގެ ބޭނުން ކޮށްގެން ނުނިންމޭނެ ކަމަށެވެ. އަދި މި އިސްލާހަކީ ގާނޫނާ ހިލާފު އިސްލާހެއް ކަމަށް ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައިވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *