fbpx

ފޮނި މަޑުކުރަން ނަސޭހަތްދެމުން ސްޕޮންސަރު ހޯދަނީ  އެންމެ ފޮނި ގަދަ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން --
ފޮނި މަޑުކުރަން ނަސޭހަތްދެމުން ސްޕޮންސަރު ހޯދަނީ އެންމެ ފޮނި ގަދަ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން --

ފޮނި މަޑުކުރަން ނަސޭހަތް ދޭމީހުން ސްޕޮންސަރު ހޯދަނީ އެންމެ ފޮނި ގަދަ އުފެއްދުންތަކުން

ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ފޮނިގަދަކޮށް އެއްޗެހި ނުކާން އާންމުންނަށް ނަސޭހަތް ދިނުމަށް ފަހު އެ ޖަމިއްޔާތައް ހިންގުމަށް ސްޕޮންސަރު ހޯދަނީ އެންމެ  ފޮނިގަދަ ބާވަތްތައް އުފައްދާ ކުންފުނިތަކުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ބޮސްޓަން ޔުނިވާސިޓީގެ ދެ ރިސާޗަރަކު ކުރި ދިރާސާއިން ދައްކާގޮތުގައި ސިއްހީ މައުލޫމާތު ދިނުމަށް އުފައްދާފައިވާ 100 އަށްވުރެ ގިނަ ޖަމިއްޔާއިން  އެ ޖަމިއްޔާތަށް ހިންގުމަށް ސްޕޮންސަރު ހޯދާފައިވަނީ ފޮނި ގަދަ، ލުއި ބުއިންތައް އުފައްދާ ކުންފުނިތަކުންނެވެ. އަދި އޭގެތެރެއިން 96 ޖަމިއްޔާއަށް ސްޕޮންސަރު ދީފައވަނީ ލުއި ބުއިންތަކުގެ ތެރެއިން އެންމެ ރަހަ ގަދަ އަދި ފޮނި ގަދަ ކޮކާ ކޯލާއި ޕެޕްސީންނެވެ.

މި ގޯސް ހަދާ ޖަމިއްޔާތަކުގެ ތެރޭގައި ދުނިޔޭގައި ނަންހިނގާ އެމެރިކަން ހާޓް އެސޯސިއޭޝަނާއި ޑައިބެޓިކްސް އެސޯސިއޭޝަނާއި ސެންޓަރު ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ހިމެނެ އެވެ. ދިރާސާ ކުރި ފަރާތްތަކުން ބުނީ ދިރާސާގެ އަލީގައި ފާހަގަވި އެއް ކަމަކީ ސިއްހީ ގޮތުން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސިއްހަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ނުބައިމަގު ޖަމިއްޔާތަކުން އިހްތިޔާރުކޮށްފައިވާ ކަން ކަމަށެވެ.

ދިރާސާ އާއި ގުޅިގެން ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ޖަމިއްޔާތަކުން ބުނެފައިވަނީ ގިނައިން ހަކުރު އެކުލެވޭ ބުއިންތައް އުފައްދާ ކުންފުނިތަކާއި އެކުވެސް ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށާއި މައިގަނޑު ބޭނުމަކީ ކާބޯތަކެތި އުފައްދާ ފަރާތްތައްވެސް މި މަސައްކަތުގެ ޝާމިލް ކުރުން ކަމަށެވެ.

މި ދިރާސާއި ގުޅިގެން ބައެއް ސިއްހީ މާހިރުންވަނީ ލުއި ބުއިންތައް އުފައްދާ ކުުންފުނިތަކުން ނަގާފައިވާ ސްޕޮންސަރު ދޫކޮށްލުމަށް ޖަމިއްޔާތަކަށް ޖަމިއްޔާތަކަށް ގޮވާލާފައި އެވެ. އަދި ސިއްހަތާއި ބެހޭ ޖަމިއްޔާތަކުން ސިނގިރޭޓު އުފައްދާ ކުންފުނިތަކުން ސްޕޮންސަރު ނެގުން ހުއްޓާލި ހުއްޓާލުމުން ހިތްވަރު ލިބިގަންނަން އެމީހުން އެދިފައިވެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.