ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ހަފްލާ -- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ހަފްލާ -- ފޮޓޯ: ރައީސް އޮފީސް

ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބައިވެރިވަނީ

އަންނަ އަހަރު ނިމޭއިރު ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްއަކަށްވުމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ގިނަ މަސައްކަތައް ތަކެއް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ނިމުން ފާހަގަ ކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާއެއް ގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ބަޔޮސްފިއާ ރިޒާވްއަކަށްވުމަށް ޓޫރިޒަމް ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވެގެން އައި ގޮތުގެ މައުލޫމާތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ވާހަކަދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

އަދި ރާއްޖޭގައި ފަތުރުވެރިިކަން ފުޅާވެގެން ގޮސްފައިވާ ގޮތާއި މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދެއްކެވި އެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެރިވެވަައިގެންނެވި އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ 2017 ވަނަ އަހަރު ނިމޭއިރު ޔުނެސްކޯގެ ބަޔޮސްފިާ ރިޒާވްއަކަށްވުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވުމަށް ކުރަމުންދާ މަސައްކަތުގެ ޝަރަފުގައި ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފައި އެވެ.

ޔުނެސްކޯގެ ބަޔޮސްފިާ ރިޒާވްއަކަށްވުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވުމަށް ކުރަމުންދާ މަސައްކަތުގެ ޝަރަފުގައި ފިލާއަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
ޔުނެސްކޯގެ ބަޔޮސްފިާ ރިޒާވްއަކަށްވުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވުމަށް ކުރަމުންދާ މަސައްކަތުގެ ޝަރަފުގައި ފިލާއަރުވަނީ — ފޮޓޯ: ރައީސް އޮފީސް

ރޭގެ ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ ވީޑިއޯ ހިތާބެއްވެސް ގެނެސްދީފައިވެއެވެ.

ރައީސް ޔާމީންގެ އިތުރުން ރޭގެ ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކިއެކ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.