ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް

ޚާއްޞަ ތަމްރީނުތަކެއް އެމްއެންޑީއެފް ސަދަން އޭރިއާގައި ފަށައިފި

ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ޚާއްޞަ ތަމްރީނުތަކެއް އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒް ސ.ގަމުގައި މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ތަމްރީނުތަކަކީ، ސިފައިންގެ އަސްކަރީ ޤާބިލުކަމުގެ ފެންވަރު ދެނެގަނެ، އިތުރަށް ތަރައްޤީ ކުރުމާއި، ސިފައިންގެ މައިގަނޑު ކޮމްޕޯނަންޓުތަކުން އޭރިއާތަކުގައި އޮޕަރޭޝަންތައް ހިންގުމުގައި ޤާބިލުކަން އިތުރުކޮށް، ސިފައިންގެ މަރުކަޒީ ތަމްރީނުތައް ބައްޓަން ކުރުމަށް ބޭނުންވާ މިސްރާބު ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނުތަކެކެވެ. މި ތަމްރީނުތައް އައްޑޫ ސިޓީގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން އައްޑޫ ސިޓީގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައިވެސް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އަސްކަރީ ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ މި އަހަރުގެ ސިފައިންގެ ދުވަހު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ނެރެދެއްވި ދިވެހި ސިފައިންގެ މި އަހަރުގެ ޝިޢާރުކަމަށްވާ “ތަމްރީނާއި ތަރުބިއްޔަތު – ސިފައިންގެ ބިންގާ” މި ޝިޢާރާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަފާތު ތަމްރީނުތަކުގެ ތެރެއިން ހިންގޭ ޚާއްޞަ ތަމްރީނުތަކެކެވެ.

މުޅި އަހަރު ދުވަހަށް ބަހާލައިގެން، ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގައި މިހާރު ހިންގަމުންދާ ޚާއްޞަ ތަމްރީނުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ސިފައިންނަށް ދެވޭ ތަމްރީނުތަކެކެވެ.

btb3_in2

އެމްއެންޑީއެފް ސަދަން އޭރިއާގައި މިހާރު ކުރިއަށްދާ ޚާއްޞަ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފަށް ކަނޑައެޅިފައިވާ މިޝަން އެސެންޝިއަލް ޓާސްކް ތަކުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގަފާނެ ޓެރަރިސްޓް ޢަމަލެއް ހުއްޓުވައި، ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމަށް ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތަކާ ގުޅުންހުރި ތަމްރީނުތައް ދޭގޮތަށްވަނީ ހަމަޖެހިފަ އެވެ.

މި ތަމްރީނުތަކުގައި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކަށް ރިޢާޔަތްކޮށް ހިންގާ އަސްކަރީ ފަރިތަކުރުންތަކުގެ އިތުރުން، ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ  ޤާބިލުކަން އިތުރަށް ތަރައްޤީ ކުރެވޭނެ އެވެ.

ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން ދެމެހެއްޓުމަށް ތަޢުލީމާއި ތަމްރީނު ހޯދައި، ޤާބިލު ހުނަރުވެރި ބައެއްގެ ގޮތުގައި ދެމި ތިބުމަށްޓަކައި އަބަދުވެސް ސިފައިން އަންނަނީ ހުއްޓުމެއްނެތި ތަފާތު ތަމްރީނުތަކާއި ގުޅޭ މަސައްކަތްތައް ކުރަމުންނެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރަކީ ސިފައިންގެ ތަމްރީނުތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝިޢާރެއްގެ ދަށުން ސިފައިންގެ ތަމްރީނާއި ތަރުބިއްޔަތަށް ޚާއްޞަ އިސްކަމެއް ދީގެން ޕްލޭންތަކެއް ކުރެވިގެން މަސައްކަތް ކުރެވޭ އަހަރެކެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.