ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން

ލަންކާގެ ކެޑޭޓް ކޭމްޕެއްގައި ބައިވެރިވާ ދަރިވަރުންނާއި އެޑިއެކޭޝަން މިނިސްޓަރު ބައްދަލު ކުރައްވައިފި

ލަންކާގައި އޮންނަ ހާރމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕް 2016 ގައި ރާއްޖޭން ބައިވެރިވާ ކެޑޭޓް ދަރިވަރުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.
މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 ވާ ހޯމަ ދުވަހުގެ ނިޔަލަށް ލަންކާގެ ކޮލަންބޯ އަދި ރަންތަންބޭގައި ކުރިއަށްދާ މި ކޭމްޕްގައި ރާއްޖޭން 10 ކެޑޭޓް ދަރިވަރުންނާއި، ތިން އޮފިސަރަކު ބައިވެރިވެއެވެ.
ރާއްޖޭން ބައިވެރިވާ ކެޑޭޓް ދަރިވަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެން ކެޑޭޓުންނާއި ފަސް ފިރިހެން ކެޑޭޓުންނެވެ. މި ކެޑޭޓުންނަކީ އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ހއ. އަތޮޅު މަދަރުސާ، ގދ. އަތޮޅު ތައުލީމީ މަރުކަޒު، ފޭދޫ ސްކޫލް އަދި ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލް ގެ ދަރިވަރުންނެވެ.

ލަންކާގެ ހަރމަން ލޯޒް ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާއި އެޑިއެކޭޝަން މިނިސްޓަރ ބައްދަލު ކުރައްވަނީ- ފޮޓޯ: މިނިސްޓްރީ އޮފް އެޑިއެކޭޝަން
ލަންކާގެ ހަރމަން ލޯޒް ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާއި އެޑިއެކޭޝަން މިނިސްޓަރ ބައްދަލު ކުރައްވަނީ- ފޮޓޯ: މިނިސްޓްރީ އޮފް އެޑިއެކޭޝަން

ދަރިވަރުންނާއި ބައްދަލުކުރައްވާ މިނިސްޓަރ ވަނީ ކެޑޭޓް ފަދަ ސްކޫލް ތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަކީ ސްކޫލް ދައުރު ނިމޭއިރު ރިވެތި އާދަތަކާއި އެކު ދިރިއުޅުމަށް ތައްޔާރުވެފައި ހުންނަ ދަރިވަރުން ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ސްކޫލްތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ފައިދާ ސްކޫލްތަކުގެ ކުރި އެރުމަށާއި، މުޅި މުޖުތަމައު އަށް އެދެވޭ ގޮތެއްގައި ކުރާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވަނީ ކޭމްޕްގައި ބައިވެރިވާ ދިވެހި ކެޑޭޓުންނަކީ ނަމޫނާ ކުދި ބަޔަކަށްވެ، ދަތުރުން ލިބޭ ތަޖުރިބާގެ ބޭނުން ހިފުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ލަންކާގެ ހަރމަން ލޯޒް ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާއި އެޑިއެކޭޝަން މިނިސްޓަރ  ބައްދަލު ކުރައްވަނީ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ:
ލަންކާގެ ހަރމަން ލޯޒް ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާއި އެޑިއެކޭޝަން މިނިސްޓަރ ބައްދަލު ކުރައްވަނީ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ:

މި ކޭމްޕްގައި ކެޑޭޓުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ސްރީލަންކާ އާމީ ހެޑްކުއާޓާޒް، ސްރީލަންކާ ނޭވީ ހެޑްކުއާޓާޒް، ސްރީލަންކާ އެއާ ފޯސް ހެޑްކުއާޓާޒް، ސްރީލަންކާ މިލިޓަރީ އެކަޑަމީ، ޖެނެރަލް ސާ ޖޯން ކޮޓިލާވާ ޑިފެންސް ޔުނިވާސިޓީ، ކެންޑީ އަދި ސްރީލަންކާގެ ގައުމީ ކެޑޭޓް ކޯގެ ޓްރެއިނިން ސެންޓަރ އާއި ސްރީލަންކާގެ އާސާރީ ތަންތަން ހިމެނެ އެވެ. މި ޒިޔާރަތްތަކުގައި އެ ތަންނަނުގެ އިސްވެރިންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކެޑޭޓް ކޭމްޕަށް ދަރިވަރުން ހޮވާފައިވަނީ ގްރޭޑް 8 ނުވަތަ 9 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ކެޑޭޓުންގެ ތެރެއިން ލާންސް ކޯޕްރަލްއަށް ވުރެ މަތީ ރޭންކެއްގައި ހުރި ދަރިވަރުންނެވެ. އެގޮތުން އަހްލާގް ރަނގަޅު، އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން ދަންނަ، ދިވެހި ތާރީހާއި ދިވެހި ކެޑޭޓުންގެ ތާރީހްގެ މައުލޫމާތު ހުރި އަދި ދުޅަހެޔޮ ސިއްހަތު ރަނގަޅު ކެޑޭޓުންނަށް މި ކޭމްޕަށް ދަރިވަރުން ހޮވުމުގައި އިސްކަންދީފައިވެއެވެ.
މިއީ މިކޭމްޕްގައި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ފަރާތުން ބައިވެރިވާ 10 ވަނަ ފަހަރެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.