ޑރ. މުހައްމަދު ޖަމީލް -- ފޮޓޯ: ރައީސް އޮފީސް
ޑރ. މުހައްމަދު ޖަމީލް -- ފޮޓޯ: ރައީސް އޮފީސް

ތިން އަކުރުގެ “މައާފް” އަކުން ބަދަލު ނުދެވޭނެ- ޑރ. ޖަމީލު

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބިލިއަން ރުފިޔާގެ ވައްކަމަށް ތިން އަކުރުގެ “މައާފް” އަކުން ބަދަލު ނުދެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ރޭގައި އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސުލް ޖުހްޙޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވަނީ އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާއި ގުޅިގެން މައާފަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ މިވާހަކަފުޅަށް ރައްދު ދެއްވާ، މިސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ ބައިތުލް މާލުން ކުރި ބިލިއަން ރުފިޔާގެ ވައްކަމަށް ތިން އަކުރުގެ މާފަކުން ބަދަލު ނުދެވޭނެ ކަމަށެވެ.

%de%97%de%97

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް މިއަދު އޮތީ މަގާމުން އިސްތިއުފާދެއްވުމަށްފަހު މިނިވަން ތަހްގީގަކާއި ކުރިމަތިލުންކަމަށާއި ގައުމަށް އިހްލާސްތެރިކަމެއް ހުރިނަމަ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެންބަރުންވެސް ރައްޔިތުންގެ ހައްގުގައި ތެދުވުމަށެވެ.

ރައީސް ޔާމީން ފުވައްމުލަކު ސިޓީ އަށް ކުރެއްވި މިދަތުރުފުޅާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ މިފަހަރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުން ތަފާތު ފެނިފައިވާ ކަމަށާއި ނަމަވެސް ރައީސް ޔާމީނަށް ވޯޓެއްވެސް ތާއީދެއްވެސް ނުލިބޭނެކަމަށް ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު މަގާމުން ދުރުކޮށްފައިވާ ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ އިއްޔެ ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތުމާއި ދިމާކޮށް، އިދިކޮޅު އިއްތިހާދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ރައީސް ޔާމީނާއި ދެކޮޅަށް މުޒާހަރާކުރެއްވި ފޮޓޯތަކަކާއިއެކުއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ޢަޅުގާޑުވެސް ޖަމީލަައް ބުނެލަންއޮތީ މިގަޢުމުން ޖަމީލަށްވެސް ތާއީދެއް ނެތްވާޙަކަ

  2. Ma aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaafff
    Jameel mihaaru satheyka ah vure gina akuruge ma aafeh miee gabool kohfaanan tho

ހިޔާލު ދެއްވާ!

Your email address will not be published.