ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް - ފައިލް ފޮޓޯ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް - ފައިލް ފޮޓޯ

ރިޔާސަތުން ވަކިވެވަޑައިގަންނަވާނީ ދައުލަތުގެ ދަރަނި އަދާކޮށްފައި- ރައީސް ޔާމީން

ރައީސް ޔާމީންގެ ރިޔާސަތުން ވަކިވެވަޑައިގަތުމުގެ ކުރިން ދައުލަތުގެ ދަރަނިތަށް އަދާކޮށް ޚަލާސް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ރޭ އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރުގެ ދަރަނީގެ ގޮތުގައި 33 ބިލިއަން ރުފިޔާ ހުރި ކަމަށާއި ސަރުކާރުން މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި އެދަރަނިތަށް އަދާކުރަމުން ކަމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ %10 ހޭދަކުރަނީ އެދަރަނިތަށް އަދާކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަމަށް ބަލާ ކަމަށް ވަންޏާ ބޮލަކަށް ނުވަތަ މުޅި ބަޖެޓަށް ލިބޭ އާމްދަނީގެ 100 އަކުން 10 މި ހޭދަ ކުރަނީ މިގޮތަށް ނަގާފަ ހުރި ފައިސާ އަދާ ކުރުމަށްޓަކައި. އެހެން ނަމަވެސް އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކޮށްގެންވެސް ރައްޔިތުންނަށް ބޭނުންވާ ޚަރަދު ގެނެސްދޭން ޖެހޭނެއޭ. އެއް ގޮތަކަށްވެސް ދައުލަތް ދަރަނިވެރި ކުރުވާކަށް ނޫން،” ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން މިހާރު ހިންގަމުންދާ އެކިއެކި މަޝްރޫޢުތަކުގެ ސަބަބުން ދައުލަތު ދަރަނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަށް ރޭގެ ވާހަކަފުޅުގައި ރައީސް ޔާމީން ރައްދު ދެއްވިއެވެ.

“އަޅުގަނޑު ތިބޭފުޅުންނާ ވަކިވާނީ އެދަރަނި އަދާކޮށްފައޭ. އެދަރަނި އަދާ ކުރުމަށްޓަކައިވެސް އަދި އެބޭފުޅުންގެ އިހުސާސްތައް ވަރަށް ސީރިއަސްކޮށް ހުށަހެޅުއްވީމަ އެނގޭ އެބޭފުޅުންގެ ތެރޭގަ އެ ދަރަނި އަދާ ކުރެއްވޭނެ ވަރުގެ ބޭފުޅެއް ނެތީކަން. އެ ދަރަނި އަދާ ކުރުމަށްޓަކައިވެސް އަޅުގަނޑު ހިތަށް އަރަނީ އަދިވެސް ދައުރެއް ލިބެން ޖެހޭ،” ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.