ޕެރަޑައިސް ރިސޯޓުގައި ސިފައިން ހިންގި ކޯސް ނިންމާލައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ދަސްވެނިވުން ބާއްވައިފިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯސް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ވަނީ ކޯހުގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

paradise10-10-2016

މިމަހު އެއްވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދެވުނު މި ކޯހުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 15 މުވައްޒަފުން ބައިވެރިވެފައިވާކަމަށާއި މީގެ ތެރެއިން ކޯސް ފުރިހަމަ ކޮށްފައިވަނީ 13 މުވައްޒަފުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

“މި ކޯހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައި، އަދި މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމް އާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް ވަނީ ދަސްކޮށްދެވިފައި” އެމްއެންޑީއެފުން ބުނެ އެވެ.

އެފްއާރުއެސްއިން ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުންނެވެ. މި ރަސްމިއްޔާތަށް ފަހު ކޯހުގެ ބައިވެރިން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ހަރަކާތްތެރިވާނެ ގޮތުގެ ޑްރިލްއެއް ދައްކާލާފައެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއް ރައޫފް އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޢަލީ ސަލީމްގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިސް އޮފިސަރުން ވަނީ ބައިވެރިވެލައްވާފައެވެ. އަދި ޕެރެޑައިސް އައިލެންޑް ރިސޯޓްގެ ފަރާތުން އެރިސޯޓުގެ ޖެނެރަލް މެނޭޖަރ އާއި ރިސޯޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.