އާމިރު ޚާންގެ ”ދަންގާލް“ ބަލާފައި އަހަރެން ހަމަ ކޮސްވެއްޖެ: ކަރަން ޖޯހަރު

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރަން ނިންމާފައިވާ، އާމިރު ޚާން އެކްޓް ކޮށްފައިވާ ފިލްމް ”ދަންގާލް“ ބަލާލުމުގެ ފުރުސަތު މަދު ބަޔަކަށް ދީފައިވާއިރު އެ ފިލްމު ބެލުމަށްފަހު ކޮސްވެއްޖެ ކަމަށް ބޮލީވުޑް ޑިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

އެ ފިލްމު ބެލުމަށްފަހު ކަރަން ޖޯހަރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ”ދަންގާލް ފިލްމު ބަލާފައިވާކަމަށާއި އެހާ ފުރިހަމަ ފިލްމެއް މި ގަރުނުގައި ފެނިފައިނެތް ކަމަށެވެ“

”ދަންގާލް“ މި ފިލްމަކީ ރެސްލިން ތެޅުމުގައި އިންޑިއާގައި މަޝްހޫރުވެފައިވާ ”މަހާވީރު ސިންގް ފޯގަތު“ ގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދޭނީ އޭނާގެ އަންހެން ދަރިން ކަމުގައިވާ ބަބީތާ ކުމާރީ އާއި ގީތާ ޕޯގަތު އަށް ރެސްލިން ދަސްކޮށް ދިނުމާއި އެ ދެ ދަރިންނަށް ކޮމަން ވެލްތު ގޭމްސްގައި ތަށި ލިބުނު ގޮތުގެ މަންޒަރު ތަކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *