ނޯޓް 7 ވިއްކުން ހުއްޓާލުމަށް ސެމްސަންގް ކުންފުނިން އަންގައިފި

ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނު ގޮވާ މައްސަލައަށް ހައްލެއް ނުލިބި އެތައް ހާދިސާއެއް ހިނގަމުން އަންނައިރު ނޯޓް 7 ވިއްކުން ހުއްޓާލުމަށް ސެމްސަންގް ކުންފުނިން އަންގައިފި އެވެ.

އެ ކުންފުނިން މި އެންގުން އަންގާފައިވަނީ އެ ކުންފުނިން ނެރެފައިވާ ރަސްމީ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސެމްސަންގް ނޯޓް 7 ބްރޭންޑްގެ ފޯނުތައް ގޮވާ މައްސަލަ ފެންމަތިވެ އެ މައްސަލަ ތަހުގީގު ކުރެވެމުންދާހިނދު ނޯޓް 7 ވިއްކުމާއި އެކްސްޗޭންޖް ކުރުން ހުއްޓާލުމަށް ކެރިއަރުންނަށާއި ރީޓެއިލް ޕާޓްނަރުންނަށް އަންގާ ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް އެއްމެ އިސްކަމެއް ދޭނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމުގައިވެސް ސެމްސަންގް ކުންފުނީގެ އެ ބަޔާނުގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *