ބޮޑު ޑިސްކައުންޓަކާއެކު ”ރެޑްޓޯބަރ“ ނަމުގައި ވެސްޕާއިން ޕްރޮމޯޝަނެއް ފަށައިފި

ދުނިޔޭގެ އެއްމެ ޒަމާންވީ އަދި އެއްމެ މަޝްހޫރު ސްކޫޓަރ ބްރޭންޑް ވެސްޕާ ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޒުމް މޮޓަރސް އިން ”ރެޑްޓޯބަރ“ ނަމުގައި ހާއްސަ ޕްރޮމޯޝަން އެއް ފަށައިފި އެވެ.

ޒުމް މޮޓަރސް އިން ހާމަކުރާގޮތުގައި މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ 10 އޮކްޓޯބަރ 2016 އިން ފެށިގެން 31 އޮކްޓޯބަރ 2016ގެ ނިޔަލަށެވެ. މި މުއްދަތުގައި ވެސްޕާ ބްރޭންޑްގެ ވީއެކްސްއެލް ”ޑްރެގަން ރެޑް“ ކުލައިގެ ސައިކަލެއް ބައްލަވައިގަންނަވާނަމަ މި ޕްރޮމޯޝަންގެ ދަށުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެން ދާނެ އެވެ.

”އަޅުގަނޑުމެން ވީއެކްސްއެލް 125ސީސީ ވިއްކާ އަގަކީ 70000ރ، 150 ސީސީ ސައިކަލެއް ވިއްކާ އަގަކީ 76000ރ، ނަމަވެސް މި ޕްރޮމޯޝަންގެ ދަށުން 125ސީސީގެ ސައިކަލެއް 63000ރ އަށް އަދި 150ސީސީގެ ސައިކަލެއް 68400ރ އަށް ލިބިގެން ދާނެ“ ޒުމް މޮޓަރސް އިން ހާމަކުރެ އެވެ.

ޒުމް މޮޓަރސްގެ ރެޑްޓޯބަރ ޕްރޮމޯޝަން ފެށިގެން ކުރިއަށްދާއިރު ޒުމް މޮޓަރސްގެ އިންސްޓޯލްމެންޓް ސްކީމަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާއެކު މިހާރު ސައިކަލުގެ އަގުގެ 10 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ އަގެއް ދައްކައިގެން އިންސްޓޯލްމެންޓަށް ސައިކަލެއް ބައްލަވައިގެންނެވިދާނެ އެވެ.

04

އަލަށް ގެނެވުނު ބަދަލާއި އެކު ބާކީ ފައިސާ 36 މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތުވެސް ލިބިގެންދާކަން ފާހަގަކޮށްލެވެ އެވެ.

ޒުމް މޮޓަރސް އިން ހާމަކުރާގޮތުގައި އިންސްޓޯލްމެންޓަށް ވެސްޕާއެއް ބައްލަވައިގަންނަން ބޭނުންފުޅު ނަމަ އެކަމަށް ހާއްސަ ފޯމެއް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އަދި ވަޒީފާ އަދާކުރާނަމަ ވަޒީފާ އަދާކުރާކަމުގެ ސިޓީ އަދި ވަޒީފާއެއްގައި ނޫންނަމަ ގެރެންޓަރ އެއްގެ ސިޓީ އަދި އައިޑީ ކާޑް ކޮޕީއަކާއި އެކު ފާއިތުވި ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމެންޓެއް ހުށަހަޅަން ޖެހޭކަން ވެސްޕާއިން ހާމަކުރެ އެވެ. އަދި ފޯމް ހުށަހަޅާތާ ހަތް ދުވަސް ތެރޭގައި ކަސްޓަމަރ އަށް ވެސްޕާ ސައިކަލު ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ޒުމް މޮޓަރސް އިން ހާމަކުރެ އެވެ.

[contentcards url=“http://mi.dhuvas.mv/34681″]

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *