އިލެކްޝްންސް ކޮމިޝަނުގެ ބައެއް މެންބަރުން -- ފޮޓޯ: ރައިސް އޮފީސް
އިލެކްޝްންސް ކޮމިޝަނުގެ ބައެއް މެންބަރުން -- ފޮޓޯ: ރައިސް އޮފީސް

މަރުވެފައިވާ ބައެއް މީހުންގެ ނަމާއި އެކު ވޯޓާސް ލިސްޓު އާންުމުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފި އެވެ.

އިއްޔެ އެ ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައި ވާގޮތުން އަންނަ ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 255118 މީޙުން އެބަ ތިއްބެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންވެސް ހިމެނެ އެވެ.

އީސީ އިން ބުނީ އެއީ އާންމުކޮށް ކޮންމެ އިންތިހާބެއްގައި ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މި ލިސްޓުގައި ވެސް އެ މައްސަލައިގެ އިތުރުން ބައެއް މީހުންގެ ނަން ނެތުން ފަދަ ކަންކަން ހުރުން އެކަށީގެންވާ ކަމަށެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާގައި އެރަށެއްގެ ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ލިސްޓާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮމިޝަނުން ބުނީ ލިސްޓުގައި ނަން ވޭތޯ ބެލުމަށް އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށެވެ. އަދި ޝަކުވާއެއް ވާނަމަ މިމަހުގެ  18 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޝަކުވާ ބަލައިގެންނަނީ ރަސްމީ ދުވަސް ދުވަހު ހެނދުނު 08:00 ން މެންދުރު ފަހު 02:00 އަށެވެ. އަދި ހުރު ދުވަހު މެނދުރު ފަހު 02:30 ން ހަވީރު 05:30 އަށެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި -- ފޮޓޯ: އީސީ
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި — ފޮޓޯ: އީސީ

ޝަކުވާ ބަލައިގެންނަނީ މާލެއިން ނަމަ އިލެކްޝަންސް ކޮމިޝަނުން ނެވެ. އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހާއި އެއްގޮތަށް މިފަހަރު އިންތިހާބު ކުރާނީ 3000 މީހުން ހަމަނުވާ  ރަށްރަށުގައި ތިން ކައުންސިލަރުންނެވެ. އެ އިސްލާހާއި އެކު މިފަހަރު އިންތިހާބު ކުރަންޖެހޭނީ 655 ކައުންސިލަރުންނެވެ.

ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި މިމަހުގެ 26 އިންތިިހާބުގައި  ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *