ސިޓީ ހޮޓާ އެޅުުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ
ސިޓީ ހޮޓާ އެޅުުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ

ކާށިދޫގައި ސިޓީ ހޮޓަލެއް އަޅަނީ

ކ. ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސީ ކްރޮސް މޯލްޑިވްސް ކޮމްޕެނީ އާއި އެވެ. އެ ކުންފުންނާއި ކާށިދޫ ކައުންސިލާއި ދެމެދު މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލިން އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ. ހޯމް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ސަރުކާރުން އިސްކަންދީގެން އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ މަޝްރޫއެއް ކަމަށެވެ. އަދި މަސައްކަތް ނިންމުމަށް ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތު ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މި ހޮޓާ އެޅުމަށް ކާށިދޫއިން 200،000 އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައި އެވެ.

ސީ ކްރޮސް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ މި މަޝްރޫއަށް ގާތްގަޑަކަށް ފަސް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހު މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ކާށިދޫގައ ސިޓީ ހޮޓަލެއް އެޅުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރާއި ހަވާލު ކުރެވުނެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *