ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން

މަދްރަސަތުލް އިފްތިތާހުގައި 3 ބުރީގެ އައު އިމާތެއް އަޅަނީ

މަދްރަސަތުލް އިފްތިތާޙުގައި ތިން ބުރީގެ އައު އިމާރާތެއް، އިމާރާތް ކުރުމުގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވިއްޖެއެވެ.

އަލަށް ބިނާ ކުރެވޭ މިއިމާރާތުގައި 10 ކުލާސްރޫމާއި، ސްޓާފް ރޫމެއް، އަދި އޭ.ވީ ރޫމެއް ހިމެނޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިކަމާއި ގުޅޭ ގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް، އަލްފާޟިލް އިބްރާޙީމް އިސްމާޢިލް އަލީ އަދި ސްވިފްޓް އިންޖިނިއަރިންގް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ސައުދުﷲ ހިލްމީ އެވެ.

މަދްރަސަތުލް އިފްތިތާޙް ގައި އަލަށް ބިނާ ކުރެވޭ ތިން ބުރީގެ މިއިމާރާތް، އިމާރާތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވަނީ 13.4 މިލިއަން ރުފިޔާ އެވެ. އަދި މިއިމާރާތް 365 ދުވަހުގެ (އެއް އަހަރުގެ) ތެރޭގައި ނިންމާ ދޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ 2017 ވަނަ އަހަރުގެ އެއިމާރާތުގެ މަސައްކަތްތައް މުޅިން ނިމި 2018 ވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރ ގެ ކިޔެވުން ފެށޭއިރު މިއިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ޅ.ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާޙް ގައި މިވަގުތު 980 ދަރިވަރުން ކިޔަވަމުން ދެއެވެ. މިސްކޫލުގައި ކިޔަވާ ދެނީ ގުރޭޑު 1 ން 7 އަށް އަދި ގުރޭޑު 8 ން 12 އަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *