ފޮޓޯ: ޕީއެސްއެމް ނިއުސް
ފޮޓޯ: ޕީއެސްއެމް ނިއުސް

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް 2 ރަށެއްގައި ފަށައިފި

ލ.ކަލައިދޫ އާއި ލ. ދަނބިދޫ ގައި ހުއިފިލަނޑާާ އާލާކޮށް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ މެރިކަލްޗަރ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަސައްކަތެކެވެ.

ހުއިފިލަނޑާ ލ. އަތޮޅުގެ މިދެރަށުގައި ބޮޑު ކުރުމުގެ މިމަޝްރޫޢު މިއަދު އިފްތިތާޙް ކޮށްދެއްވާ މޫދުގައި ހަދާފައި ހުރި ކޮށިތަކަށް ކުދި ހުއިފިލަނޑާ ޑުކޮށްލެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އެވެ.

މިމަސައްކަތް މިއަދު މިދެރަށުގައި އިފްތިތާޙު ކޮށްދެއްވާފައިވާ އިރު، މިދެ ރަށުގެ އިތުރުން ލ.އިސްދޫ އިން ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ 100 ފަރާތަކަށް އެފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެމަސައްކަތް ކުރުމަށް ބޭނުންވާނެ ތަކެތި ހޯދުމަށްޓަކައި ލުއި ލޯނެއް ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމަށްފަހު މާކެޓް ކުރުމުގެ މިމަޝްރޫޢު އަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *