ދުވަސް ފޮޓޯ: މަރިޔަމް ވަހީދާ
ދުވަސް ފޮޓޯ: މަރިޔަމް ވަހީދާ

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިއަހަރު 25 ކުދިން ބައިވެރިވި

ޒުވާނުން ބާރުވެރި ކުރުމަށް ދިރާގުން ކުރިއަށް ގެންދާ ’ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް‘ ގައި މިއަހަރު ބައިވެރިވީ ކުދިންނަށް އެންރޯލްމެންޓް ލެޓަރ ދީފިއެވެ.

އެގޮތުން މިއަހަރު މިޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން 25 ކުދިންވަނީ ބައިވެރިވެފައެވެ.

މިއަދު މެންދުރު ދިރާގު ގެ ހެޑް އޮފީހުގައި މިކަމާއި ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި، މިޕްރޮގްރާމްގައި މިއަހަރު ބައިވެރިވީ ކުދިންނަށް އެންރޯލްމެންޓް ލެޓާ ހަވާލު ކޮށްދެއްވީ ދިރާގު ގެ ސީއީއޯ އިސްމާއީލް ރަޝީދު އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވީ ފަރާތަކަށް ދިރާގުގެ ސީއީއޯ ލެޓަރ ހަވާލު ކޮށްދެއްވަނީ- ދުވަސް ފޮޓޯ: މަރިޔަމް ވަހީދާ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވީ ފަރާތަކަށް ދިރާގުގެ ސީއީއޯ ލެޓަރ ހަވާލު ކޮށްދެއްވަނީ- ދުވަސް ފޮޓޯ: މަރިޔަމް ވަހީދާ

ދިރާގުގެ އިޖްތިމާޢީ ޒިންމާ ގެ ދަށުން ޒުވާނުން ވަޒީފާއަށް ހޭލުންތެރިކޮށް، ވަޒީފާގެ މާހަޢުލަށްގައި ތަގުރިބާ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 200 ވަނަ އަހަރުން ފެށިގެން ދިރާގުން ފަށާފައިވާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމުގައި މިހާތަނަށް 149 ކުދިން ބައިވެރިވެފައިވާކަން ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަޙައްދެއްގައި ޤާއިމްކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެންވެސް މިފުރުސަތުގެ ބޭނުން ހިފޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިޕްރޮގްރާމުގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޭލްސް، މާކެޓިންގް، ޕްރޮކިއުމެންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމެންޓް އެވެ. މީގެ އިތުރުން ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގު ގެ ފަރާތުން މެންޓޯ އެއް ކަނޑައެޅިފައިވެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރޭނިންގް ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރޭނިންގް ވެސް ހިމެނެއެވެ. މީގެ ތެރޭގައި އެތިކްސް، ޓައިމް މެނޭޖްމެންޓް، ކޮމިއުނިކޭޝަންސް ސްކިލްސް، އަދި ވަޒީފާތަކަށް ކުރިމަތިލާން ފަސޭހަވާނެ ގޮތަށް ރަނގަޅު ސީވީއެއް ތައްޔާރު ކުރުން، ޖޮބް އިންޓަވިއު ސްކިލްސް ފަދަ ޓްރެއިނިންގް ހިމެނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ ވިދާޅުވީ އެޕްރެންޓިސް ޕްރޮގްރާމަކީ ދިރާގުން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން ހިންގޭ އެންމެ މުހިންމު އެއް ޕްރޮގްރާމް ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މިޕްރޮގްރާމްގެ ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށެވެ.

ދިރާގު ގެ ސީއީއޯ- ދުވަސް ފޮޓޯ: މަރިޔަމް ވަހީދާ
ދިރާގު ގެ ސީއީއޯ- ދުވަސް ފޮޓޯ: މަރިޔަމް ވަހީދާ

މީގެ އިތުރުން ދޮރާގު ގެ ސީއީއޯ ވިދާޅުވީ ”މީގެ ކުރިން މިޕްރޮގްރާމްގައި ބައިވެރިވީ ކުދިން ވަނީ ވަރަށް ރަނގަޅަށް މަސައްކަތްތަށް ކުރަން ދަސްކޮށް، އެކިއެކި ދާއިރާ ތަކުގައި ވަރަށް ޒިންމާދާރު ކުދިންނަށް ވެފައި“ ކަމަށެވެ.

ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަޤްބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަލިކޮށް ދިނުން ކަމަށް ދިރާގުން ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *