މި ދުވަސްވަރަކީ ސްމާޓް ފޯނު މާކެޓްގައި ގިނަ މޮޑެލްތަކެއް މާކެޓަށް ނެރެމުން އަންނަ ދުވަސް ވަރެކެވެ. ބޮޑެތި ކުންފުނި ތަކުން ފުލުފުލުގައި ސްމާޓް ފޯނު މާކެޓަށް ނެރެމުން އަންނައިރު، ސެމްސަންގް ކުންފުނިން ނޯޓް 7 މާކެޓަށް ނެރުނުތާ މާ ގިނަ ދުވަސް ނުވަނީ އެޕަލް ކުންފުނިން އައިފޯނު 7 މާކެޓަށް ނެރުނެވެ. އަދި އައިފޯނު 7 މާކެޓަށް ނެރުނުތާ މާ ގިނަ ދުވަސް ނުވަނީ ގޫގަލް އިން މި ވަނީ އެ ކުންފުނީގެ ސްމާޓް ފޯނު ޕިކްސެލް މާކެޓަށް ނެރެފަ އެވެ.
ގޫގަލްގެ ސްމާޓްފޯނު ޕިކްސެލް، މާކެޓަށް ނެރުނުތާ މާ ގިނަ ދުވަހެއް ނުވަނީ އެ ފޯނު މި ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެއީ ލެންސާއި ކެމެރާ ރިވިއުކޮށް ސްކޯ ކުރުމުގައި އެއްމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމުގައިވާ ”ޑީއެކްސްއޯ ލެބް“ ގެ އެއްމެ މަތީ ސްކޯ ހޯދައި ސްމާޓް ފޯނެއްގައި ހިމަނާފައިވާ އެއްމެ މޮޅު ކެމެރާގެ ލަގަބު ހޯދުމެވެ.
[contentcards url=“https://www.dxomark.com/Mobiles/Pixel-smartphone-camera-review-At-the-top“]
ޕިކްސެލް ސްމާޓް ފޯނުގެ ކެމެރާއަށް ލިބިފައިވާ ސްކޯ އަކީ 89 އެއް ކަމަށްވާއިރު ދެވަނައިގާ ހިމެނެނެނީ އެޗްޓީސީ 10، ސެމްސަންގް އެސް 7 އެޖް އަދި ސޮނީ އެކްސްޕީރިއާ އެކްސް ޕާފް އެވެ. އެ ފޯނުތަކަށް ލިބިފައިވާ ސްކޯ އަކި 88 އެވެ. ކެމެރާ ކޮލިޓީ ސްކޯ އަށް ބަލާލާއިރު އައިފޯނު 7 އުޅެނީ ތިން ވަނައިގަ އެވެ. އައިފޯނުގެ ކެމެރާ ސްކޯ އަކީ 86 އެވެ.