ބީއެމްއެލް އަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ދެއްކުމަށް ޔޫއްޕެގެ މައްޗަށް ހުކުމް ކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ކްރެޑިޓް ކާޑެއް ބޭނުން ކުރުމަށްފަހު އެފައިސާ ނުދައްކާ ހުރުމުން، އެފައިސާ އާއިއެކު ޖޫރިމަނާ ފައިސާ ވެސް ދެއްކުމަށް ރާއްޖޭގެ މައްޝޫރު ފިލްމީތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެގޮތުން ޔޫއްޕެގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 699 އެމެރިކާ ޑޮލަރު (10،778 ރުފިޔާ) ދެއްކުމަށެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު، ޔޫއްޕެގެ މައްޗަށް ހުކުމް ކުރީ ބީއެމްއެލް އިން ނެގި ވިސާ ކާޑެއް ބޭނުން ކުރުމަށްފަހު، އެފައިސާ ނުދައްކައިގެން ބީއެމްއެލް އިން ކޯޓުގައި ދައުވާ ކުރުމުންނެވެ.

މިމައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ބީއެމްއެލް ގެ ކްރެޑިޓް ކާޑެއް ބޭނުންކޮށް އެފައިސާ އަދި އަނބުރާ ނުދައްކާ ކަމަށް ޔޫއްޕެ އެއްބަސްވެފައިވާ ކަމަށާއި، އަދި އެފައިސާ އާއި ޖޫރިމަނާ ފައިސާ ދައްކާނެ ކަމަށް ޔޫއްޕެ ކޯޓުގައި އެއްބަސް ވެފައިވާ ކަމަށެވެ.

ބީއެމްއެލް އަށް ދައްކަން ޖެހޭ 699 އެމެރިކާ ޑޮލަރު މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަމަ ކުރުމަށް ސިވިލް ކޯޓުން ވަނީ ޔޫއްޕެގެ މައްޗަށް ހުކުމް ކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *