މަނީ ލޯންޑެރިން އަށް ތުހުމަތުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކޮށްދޭން ރާއްޖޭގެ ބޭންކަކުން ވަނީ ދެކޮޅުހަދާފައި --
މަނީ ލޯންޑެރިން އަށް ތުހުމަތުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކޮށްދޭން ރާއްޖޭގެ ބޭންކަކުން ވަނީ ދެކޮޅުހަދާފައި --

ޝައްކުވާ ގޮތަށް 10 މިލިއަން ޑޮލަރު ޖަމާކުރަން އުޅުމުން ދިވެހި ބޭންކަކުން ދެކޮޅު ހަދައިފި

ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ ގަޔާނާއަށް ނިސްބަތްވާ މީހަކު، ރާއްޖޭގެ ބޭންކަކަށް 10 މިލިޔަން ޑޮލަރު ޖަމާކުރަން މަސައްކަތް ކުރުމުން އެ ބޭންކުން އެ މުއާމަލާތް ކުރުމަށް ދެކޮޅު ހަދައިފިއެވެ.

މިކަން ރިޕޯޓުކޮށްފައިވަނީ ”ގަޔާނާ ގާޑިއަން“ ނޫހުގައި އެވެ. އެ ނޫހުގައި ބުނެފައިވަނީ ބެލެވޭގޮތުގައި އެ ފައިސާ އަކީ މަނީ ލޯންޑަރިންނާއި ގުޅުން ހުރި ފައިސާ ތަކެކެވެ.

އެ ފައިސާ ރާއްޖޭގެ އެ ބޭންކުގެ އެކައުންޓަކަށް ޖަމާކުރަން އުޅުނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުރި އޭޝިއާގެ ބޭންކަކުން ކަމަށެވެ. އެ ފައިސާ ރާއްޖޭގައި ހުރި އޭޝިއާގެ ބޭންކަކުން ގަބޫލް ކުރަން ދެކޮޅު ހެދީ އެއީ އާދަޔާ ހިލާފު ގިނަ ފައިސާއަށްވެފަ އެ ފައިސާ އެއީ ކިހިނެތް ލިބުނު ފައިސާއެއްކަން އެމީހާއަށް ބުނެދެވިފައި ނުވާތީ ކަަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ އެމީހާ އެ ފައިސާ  ޖަމާ ކުރަން އުޅޭތާ ދެ މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ނޫހުން ވަނީ އެ މީހާ އާއި ދިވެހި ސަރުކާޜުގެ ބައެއް ވެރިންނާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށްފައި އެވެ. މީގެ އިތުރުން އެ މީހަކީ މީގެ ކުރިން ގަޔާނާގެ ސިޔާސީ ފަރާތްތަކާ ގުޅިފައިވާ މީހެއް ކަމަށް ވެސް ގަޔާނާ ގާޑިއަންގައި ބުނެފައިވެއެވެ.

އެ ނޫހުގައި ގެނެސްދީފައިވާ ރިޕޯޓުގައި ވަނީ އަލްޖަޒީރާއިން ގެނެސްދިން ”ސްޓީލިން ޕެރެޑައިސް“ ގައިވާ މަނީ ލޯންޑަރިންގެ މުއާމަލާތްތައް ކުރާ މީހުންނަށް އެމީހާ ފައިސާ ފޮނުވާފައިވާ ކަމަށް ބުނެފައި އެވެ. އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު އަދި އިންޑޮނީޝިއާ މީހުންގެ އިތުރުން ގަޔާނާ ސަރުކާރުގެ ކުރީގެ ބައެއް އޮފިޝަލުން ވެސް މިކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެމީހާ އާއި ބެހޭގޮތުން  އިތުރަށް ބުނެފައިވަނީ އޭނާ މިހާރުވެސް ރާއްޖޭގެ ހޮޓެލް އިންޑަސްޓްރީގައި ވިޔަފާރި ކުރަމުންދާ ކަމަށެވެ. އަގި ގަޔާނާގެ 12 މީހަކު ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ގަޔާނާ މީހުންގެ ތެރެއިން ފަސް މީހަކު އިންޑިއާ ރައްޔިތުންނަށްވެ ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ

ރާއްޖޭގައި ހިންގާ އޭޝިއާގެ ބޭންކުން މިފަހަރު އެ ފައިސާ ޖަމާކުރަން ދެކޮޅު ހެދިޔަސް މީގެ ކުރިން އުސޫލުން ބޭރުން އެތައް ފަހަރަކު ފައިސާ ޖަމާކޮށްދީފައިވާ އެ ނޫހުން ހޯދި ހޯދުންތަކުން އެނގިފައިވާކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި ހިންގާ އޭޝިއާ ގައުމުތަކުގެ ބޭންކުތަކަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި ޕާކިސްތާނުގެ ހަބީބް ބޭންކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *