ހޮލީވުޑްގެ ޖޯޑު އެންޖެލީނާ ޖޯލީ އަދި ބްރެޑްޕިޓްގެ ކައިވެނި ނިމުމަކަށް ގެނައުމަށް އެންޖެލީނާ ޖޯލީ ކޯޓަށް ދިޔަފަހުން ފުރަތަމަ ފަހަރަށް ބްރެޑްޕިޓަށް އެ ދެމީހުންގެ ދަރިންނާއި ބައްދަލުވެއްޖެ އެވެ.
ބްރެޑްޕިޓް ކައިރިން ވަރިވާން އެންޖެލީނާ ކޯޓަށް ސިޓީ ލީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދެމަފިރިންގެ ހަ ކުދިން ތިބެ އެވެ. އޭގެ ތެރެއިން ތިން ކުދިންނަކީ އެޑަޕްޓް ކޮށްގެން ގެންގުޅޭ ކުދިންނެވެ.
ޕީޕަލް މެގަޒިން އިން ރިޕޯޓުކޯށްފައިވާ ގޮތުގައި ކުދިންނާއި ބައްދަލުވުމުން ބްރެޑްޕިޓް ހުރީ ވަރަށް އުފަލުންނެވެ. އަދި ވަރަށް އުފާވެރި ވަގުތުކޮޅެއް ކުދިންނާއި އެކު ހޭދަ ކުރެވުނު ކަމަށް އޭނާ ބުނިކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ދެމީހުން ވަކިވާން ޖެހޭ ސަބަބެއް ކަމަށް އެންޖެލީނާ ބުނެފައިވަނީ ބްރެޑްޕިޓަކީ ކުދިންނަށް ރަނގަޅު ބައްޕަކަށްނުވާތީ އެވެ. އަދި ބްރެޑްޕިޓް އަކީ ވަރަށް ހަރުކަށި ބައްޕަ އަކަށް ވުމުގެ އިތުރުން އަބަދު ރާބޮއެގެން މަސްތުވެފައި ހުންނާތީ، އެންޖެލީނާ އަށް ދެން އިތުރަށް ނޫޅެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެންޖެލީނާގެ މި ތުހުމަތު ތަކާއި ގުޅިގެން ލޮސްއެންޖެލިސްގެ ޗިންޑްރެން އެންޑް ފެމިލީ ސާވިސް ޑިޕާޓްމަންޓުން ގެންދަނީ އެކަން ތަހުގީގު ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ދެމަފިރިން ވަރަށް ޒުވާބު ކުރާ ކަމަށާއި އެއް ދުވަހު އެމީހުންގެ އަމިއްލަ ޖެޓު ތެރޭގައި ކުރި ޒުވާބެއްގައި ބްރެޑްޕިޓް ވަނީ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ގައިގަވެސް ޖަހާފައި ކަމަށެވެ.
ދެ މީހުން ވަކިވާން ލީ ސިޓީގައި އެންޖެލީނާ ވަނީ ކުދިން އޭނާ ކައިރީ ބޭތިއްބޭނެ ގޮތް ހަދައި ދިނުމަށް އެދިފައި އެވެ. އަދި ފަހުން ވަނީ ބައެއް ދުވަސް ދުވަހު ކުދިންނާ ބައްދަލު ކުރުމުގެ ހުއްދަ ބްރެޑްޕިޓަށް ދޭން ނިންމާފައި އެވެ.