ވެސްޓަރން ޔޫނިއަން ފަޅާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

މާލޭގައި ހުންނަ ވެސްޓަރން ޔޫނިއަންގެ މައި ބްރާންޗް ފަޅާލާ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ’ދުވަސް‘ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، މިމައްސަލާގައި ހައްޔަރު ކުރީ ފިރިހެނެއް ކަމަށާއި، އިތުރު އެހެން އެއްވެސް މަޢުލޫމާތެއް މިވަގުތު ޙިއްސާ ކުރެވެން ނެތް ކަމަށެވެ.

ވެސްޓަރން ޔޫނިއަން އިން ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.  އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރެވެ. ހޯދުނު ފައިސާ ތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ހޯދިފައިވަނީ ފައިސާތަށް ފޭރުމަށްފަހު ވަގުން ދުވެފައިގޮސް ވަތް ހ.ތާޅަފިލިގޭ ލިފްޓް ގޮޅީ ތެރެއިންނެވެ. ލިފްޓް ގޮޅި ތެރެއިން ފައިސާތަށް އަޅާފަ ހުރި ދަބަހެއްގެ އިތުރުން ލިފްޓް ގޮޅީގެ ބިންމަތިން 500 ރުފިޔާގެ އެތަށް ބޮނޑިއެއް ވެސް ފެނިފައިވެއެވެ.

ވެސްޓަރން ޔޫނިއަން އިން ފޭރުނު ފައިސާގެ މުޅި ޖުމްލަ އަދަދެއް ފުލުހުން ހާމަ ކޮށްފައި ނުވި ކަމުގައި ވިޔަސް، މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަރން ޔޫނިއަން ފަޅާލާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 3 ވަނަ ދުހަގު ރެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *