އެމެރިކާ ސިފައިންނާއި އަފްގާން ސިފައިން އެކުގައި ތަމްރީން ތަކެއް ހަދަނީ --
އެމެރިކާ ސިފައިންނާއި އަފްގާން ސިފައިން އެކުގައި ތަމްރީން ތަކެއް ހަދަނީ --

ތަމްރީނު ދިނުމަށް އެމެރިކާއަށް ގެންދާ އަފްގާނިސްތާނުގެ ބައެއް ސިފައިން ފިލަނީ

މިލިޓަރީ ތަމްރީންތައް ދިނުމަށް އެމެރިކާއަށް ގެންދާ އަފްގާނިސްތާނުގެ ބައެއް ސިފައިން ފިލައިގެން ގޮސްފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޕެންޓަގަންގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން  ބުނެފައިވަނީ މިދިޔަ ދެ އަހަރު ތެރޭގައި އެކި ދުވަސްވަރު އަފްގާނިސްތާނުގެ ސިފައިންގެ ތެރެއިން ތަމްރީނު ދިނުމަށް އެމެރިކާއަށް ގެންދިޔަ 44 ސިފައިން މިއަހަރު ތެރޭގައި ފިލާފައިވާ ކަމަށެވެ. އަދި މިދިޔަ މަހު އެކަނިވެސް އަށް  ސިފައިން ފިލައިގެން ގޮސްފައިވާ ކަމަށެވެ.

ފިލައިގެން ދާ އަފްގާން ސިފައިން ގެންދަނީ ގަވައިދާ ހިލާފަށް އެމެރިކާގައި މަސައްކަތް ކޮށް ދިރިއުޅެމުން ކަމަށް ބުނެފައިވެ އެވެ. އެމީހުންގެ މި އަމަލުތަކުގެ ސަބަބުން އޮބާމާގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އަފްގާނިސްތާން ސިފައިންނަށް ތަމްރީން ދިނުމަށް އެމެރިކާއަށް ގެންދަން ފެށީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް 2200 އަށްވުރެ ސިފައިން ތަމްރީން ދިނުުމަށް ގެންގޮސްފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިގޮތަށް ފިލި އަފްގާން ސިފައިންގެ މީހަކު ވަނީ ކެނެޑާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހިފަހައްޓާފައިި އެވެ. އަދި އެކަން ޕެންޓަގަންއިން ކަށަވަރު ކޮށްދީފައިވެ އެވެ. އަފްގާނިސްތާނުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ސިފައިންވެސް މަދުން ނަމަވެސް ފިލާ ކަމަށް ވެ އެވެ.

މި މައްސަލައިގަ އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ހާއްސަކޮށް އަފްގާން ސިފައިން ފިލަނީ އެ ތަމްރީންތައް ހަދައިގެން އެނބުރި ގައުމަށް ގޮސް ތާލިބާނުންނާއި ހަނގުރާމަކޮށް ގަދަވެދާނެ ކަމުގެ  ޔަގީންކަން ނޯންނާތީ ކަމަށެވެ.

އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ހިންގަމުން ގެންދާ އޮޕަރޭޝަނަށާއި އަފްގާން ސިފައިން ތަމްރީން ކުރުމުން 2002 ވަނަ އަހަރުން ފެށިގެން އެމެރިކާއިން 60 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *