ނަޝީދު ކޯޓަށް ވައްދަނީ -- ދުވަސް ފައިލް ފޮޓޯ
ނަޝީދު ކޯޓަށް ވައްދަނީ -- ދުވަސް ފައިލް ފޮޓޯ

އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ހޯދުމަށް ނަޝީދު އދ. އަށް ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންސާނީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އެ ހައްގުތައް އަނބުރާ ހޯދައިދޭން އެދި އދ.ގެ އިންސާނީ ހައްގުތަކާ ގުޅޭ ކޮމެޓީ އަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ހުށަހެޅި އެ މައްސަލައިގަ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެ ކަމެކެވެ. އެއީ ކުރިޔަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާއި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅޭ ގޮތުންނެވެ.

ގާނޫނީ ވަކީލުންގެ ޓީމުން އެދިފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ނަޝީދަށް ހޯދައި ދިނުމަށެވެ. އަދި ޓެރަރިޒަމްގެ ކުށް ސާބިތުކޮށް އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ސަބަބުން މަދަނީ ސިޔާސީ އެތައް ހައްގުތަކެއް ގެއްލިފައި ވާކަމަމެވެ..

އެ ޓީމުން ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ޓެރަރިޒަމް ކުށުގެ ދައުވާކޮށް ޝަރީއަތް ހިންގުމުގެ ހުރިހާ އިޖުރާއަތުތަކާ ހިލާފަށް އަވަސް އަރުވާލައިގެން 19 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތުމާއި އަދަބު ލުއިކުރުމާއި މާފް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ޕާޓީގެ އިސް މަގާމެއްގައި ހުންނެވުން ނިގުޅައިގަތުމުގެ އިތުރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭގޮތަށް ހަދާފައިވާކަމަށް ބުނެފައިވެ އެވެ.

އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ބޭއިންސާފުން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ކަން ވެސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *