ކާޑުގެ އަގު ބޮޑޫ ކުރުމުން މާފުށީގައި ކުރި މުޒާހަރާ -- ދުވަސް ފޮޓޯ: ކިޔުންތެރިއެއް
ކާޑުގެ އަގު ބޮޑޫ ކުރުމުން މާފުށީގައި ކުރި މުޒާހަރާ -- ދުވަސް ފޮޓޯ: ކިޔުންތެރިއެއް

ކާޑު އަގު ބޮޑު ކުރުމުން މާފުށީ ގައި ވެސް މުޒާހަރާ ކޮށްފި

ކާޑުގެ އަގު ބޮޑު ކުރުމުން ރައްޔިތުންނަށް ލިބިފައިވާ ދަތިކަމާއި ގުޅިގެން ކ.މާފުށީ ގައި ވެސް މިއަދު މުޒާހަރާ ކޮށްފިއެވެ.

މިއަދު ހަވީރު 4:00 ން 5:00 އަށް މާފުށީ ކައުންސިލް އިދާރާ ކުރިމަތީގައި ކުރެވުނު މިމުޒާހަރާގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މާފުށީގައި މިއަދު ކުރެވުނު މުޒާހަރާގެ ތެރެއިން- ދުވަސް ފޮޓޯ: ކިޔުންތެރިއެއް
މާފުށީގައި މިއަދު ކުރެވުނު މުޒާހަރާގެ ތެރެއިން- ދުވަސް ފޮޓޯ: ކިޔުންތެރިއެއް

މިމުޒާހަރާގައި އެންމެ އިސްކޮށް ހުންނެވި، މާފުށި ޕީޕީއެމް ގޮފީގެ ކުރީގެ ރައީސް އިބްރާހިމް ޒުހޫރު ”ދުވަސް“ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މުޒާހަރާ ބޭއްވުނީ ކާޑު އަގު ބޮޑު ކުރުމާއި ކަރަންޓު ވެސް އަގު ބޮޑު ކުރުމުން ކަމަށެވެ. އެގޮތުން ކުރިއަށް ވުރެ މިހާރު ކަރަންޓު ބޮޑު ކޮށްފައިވާކަން ފާހަގަ ކުރައްވާ މާފުއްޓަކީ ވަރަށް ގެސްޓް ހައުސްތަށް ވެސް ގިނަ ރަށެއް ކަމުގައިވާތީ ކަރަންޓު ވަރަށް ބޮޑަށް ޚަރަދު ވާނެކަން ވެސް ޒުހޫރު ފާހަގަ ކުރެއްވިއެވެ.

މާފުށީ ގައި މިއަދު ބޭއްވުނު މުޒާހަރާގެ ތެރެއިން- ދުވަސް ފޮޓޯ: ކިޔުންތެރިއެއް
މާފުށީ ގައި މިއަދު ބޭއްވުނު މުޒާހަރާގެ ތެރެއިން- ދުވަސް ފޮޓޯ: ކިޔުންތެރިއެއް

މީގެ އިތުރުން ޒުހޫރު ވިދާޅުވީ ކާޑުގެ ބާވަތްތަށް އަގު ބޮޑު ކުރުމުން މާފުށި ރައްޔިތުންނަށް އެކަމުގެ މާބޮޑު ދައްޗެއް އަދި ނުކުރި ކަމުގައި ވިޔަސް، މިއަދު މާފުށީ ގައި މިކުރެވުނު މުޒާހަރާއަކީ، ކާޑުގެ ބާވަތްތަށް އަގު ބޮޑުވުމުގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިފައިވާ ދަތިކަމުގައި ބައިވެރިވުމުގެ ގޮތުން ކުރެވުނު މުޒާހަރާއެއް ކަމަށެވެ. އަދި މިމުޒާހަރާ އަކީ ވަކި ސިޔާސީ ޕާޓީ އަކުން އިސްނަގައިގެން ކުރި މުޒާހަރާއެއް ނޫން ކަމަށާއި ހުރިހާ ހުރިހާ ޕާޓީ އަކުން ވެސް އެއްބައިވެގެން ކުރި މުޒާހަރާ އެއްކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.

މާފުށީ ޕީޕީއެމް ގޮފީގެ ރައީސް ކަން ވެސް ޒުހޫރު ދޫކޮށްލެއްވީ މިސަރުކާރުން ކުރައްވާ މިކަހަލަ ކަންތައްތަކާއި ހިތްހަމަ ނުޖެހިގެންކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެބުނާހެން މީހުން ފަށެއް އެބައޮތް ދޯ. ދުވަހަކުވެސް މަ ނުދެކެން މުޒާހަރާ އެއްގަ މިހާ ގިނަ މީހުން އެއްވެފަ އޮއްވައެއް.

  2. ދޫކޮއްލެއްވީ އެއްނޫން ، ބޭރު ކޮއްލީ …މުޒާޙާރާގެ ފޮޓޯ އިންވެސް އިނގޭނު މާފުށީ ގެ ހުރިހާ ރައްޔިތުން ބައިވެރިވިކަން … އެންމެ 5 މީޙުން .. އެމް.ޑީ.ޕީ އައް ތާޢީދު ނުކުރާނެ ތުދުހަދާ މީހަކު…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *