ރަތް މަހުގެ ބޯ ކެއުމުގައި ސަމާލުވުމަށް އިންޑިއާގެ ސައިންޓިސްޓުން އިލްތިމާސް ކޮށްފި !

ރަތް މަހުގެ ބޯ ކެއުމުގައި ސަމާލުވުމަށް އިންޑިއާގެ ސައެންޓިސްޓުންގެ ޓީމަކުން އިލްތިމާސް ކޮށްފި އެވެ.

އެ ޓީމުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ އުއްލާލް ސިޓީގައި ނިމިދިޔަ ހަފްތާގައި 152 މީހަކު ކާނާ ވިހަވުމުން އެ މައްސަލަ ދިރާސާ ކުރުމަށްފަހުގަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން އުއްލާލް ސިޓީގައި 152 މީހަކު ކާނާ ވިހަވީ ރަތްމަހުގެ ބޯ ކެއުމުންނެވެ. އަދި އެ ރަތްމަސްތަކުގައި ”ސިގުއަޓޮކްސިން“ ކިޔާ ބާވަތެއްގެ ވިހަ މާއްދާއެއް އެކުލެވިފައިވާކަމަށާއި އެ އެ ވިހަ މާއްދާ އެ މަހުގެ ތެރޭގައި ހިމެނިފައިވަނީ އެ ވިހަ މާއްދާ ހިމެނޭ މޫދު ވިނައެއް އެ މަސް ކައިފަ ވުމުން ކަމަށް އިންޑިއާގެ ސައިންޓިސްޓުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

މި ދިރާސާގައިވާގޮތުން އެ ބާވަތުގެ ވިނަ އިންޑިއާގެ ސަރަހައްދުން ފެނިފައެއް ނުވެ އެވެ. އަދި އެ ރަތްމަސްތައް އިންޑިއާއަށް އިމްޕޯޓްކޮށްފައިވަނީ އެފްރިކާ ބައްރުގެ ގައުމަކުން ކަމުގައިވާއިރު އެއީ ކޮން ގައުމެއްކަން ކަށަވަރުކޮށް އިތުރު ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިންޑިއާގެ ކަމާބެހޭ މާހިރުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *