ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ

މ.އަތޮޅަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗާއިއެކު މަނާ ބޭސް ތަކެއް ވެސް ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. އަތޮޅަށް އެތެރެކުރަން އުޅުނު މަނާ ބޭސްތަކަކާއި މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މ. ދިއްގަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޯބަރު މަހުގެ 4 ވަނަ  ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ފުލުހުންނަށް މަޢުލޫމާތު ލިބުނު ބޯޓު އެދުވަހުގެ 21:20 ހާއިރު ދިއްގަރު ބަނދަރަށް ވަނުމާއެކު ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައިފާސްކޮށްފައި ވެއެވެ. މަސްތުވާތަކެއްޗާއި މަނާ ބޭސްތައް ފެނިފައިވަނީ ބޯޓު ތެރެއިން ފެނުނު ޔޯގަޓް ކޭހެއް ތެރެއިންނެވެ. މި ކޭސް ބަލާފާސްކުރިއިރު  ޔޯގަޓް 4 ތައްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅާއި މަނާ ބޭހުގެ 200 ގުޅައާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ދިއްގަރުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާއިރު މިމައްސަލަ ދިއްގަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *