ފިލިޕްސް ބްރައިޑް ފެއާ ހުޅުވަނީ -- ފޮޓޯ: އެސްޓީއޯ
ފިލިޕްސް ބްރައިޑް ފެއާ ހުޅުވަނީ -- ފޮޓޯ: އެސްޓީއޯ

ތަފާތު ޑިޒައިން ތަކާއި އެކު ފިލިޕްސް ބްރައިޑް ފެއާ ފަށައިފި

ފިލިޕްސް ބްރައިޑް ފެއާ ރޭ ފަށައިފި އެވެ.

ބްރައިޑް ފެއާ އަކީ ރާއްޖޭގެ ފެޝަން ޑިޒައިނަރުންނާއި ބްރައިޑަލް ވިޔަފާރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޑިޒައިންތައް ދައްކާލުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ”ބްރައިދަލް މޯލްޑިވްސް“ އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފެއާއެކެވެ. މިއީ މި ފެއާ ބާއްވާ ފަސް ވަނަ އަހަރެވެ.

ފެއާ ރަސްމީކޮށް ހުޅުވައިދެއްވީ ބްރައިޑް ފެއާގެ މެއިން ސްޕޮންސަރު އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މުސްލިހް މަސީހެވެ.

މި ފެއާގައި 29 ސްޓޯލެއް ހުންނާނެ އެވެ. އޭގެ ތެރޭގައި މެއިން ސްޕޮންސަރު އެސްޓީއޯގެ ފިލިޕްސް ބްރޭންޑުގެ ހާއްސަ ސާމާނު ދައްކާލާ ސްޓޯލެއް ހުރެ އެވެ.

އެސްޓީއޯގެ ސްޓޯލް-- ފޮޓޯ: އެސްޓިއޯ
އެސްޓީއޯގެ ސްޓޯލް– ފޮޓޯ: އެސްޓިއޯ

އެސްޓީއޯއިން ބުނީ އެ ސްޓޯލްއިން ޕިލިޕްސް ބްރޭންޑުގެ ބިއުޓީ އެންޑް ގްރޫމިން ސާމާނު ބޭނުން ކުރާނެ ގޮތުގެ މައުލޫމާތާއި ބޭނުން ކުރާނެ ގޮތް ދައްކާލުން ކުރިޔަށް ދާނެ ކަމަށެވެ. އަދި އެ ސްޓޯލަށް ޒިޔާރަތްކޮށް ސެލްފިއެއް ނަގައި ޓްވީޓު ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތެއްވެސް ކުރިޔަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި އެސްޓިއޯއިން ވިއްކާ ފިލިޕްސް ބްރޭންޑުގެ ބިއުޓީ އެންޑް ގްރޫމިން ސާމާނުތަކުން ޑިސްކައުންޓް ލިބޭ ޑިސްކައުންޓް ވައުޗާ އެ ސްޓޯލްއިން ލިބޭނެ އެވެ.

މިއަހަރުގެ ފެއާގައި ހަތް ޑިޒައިނަރަކު ބައިވެރިވެފައިވެ އެވެ. މި ޑިޒައިނަރުންގެ ހެދުންތައް ދައްކާލުމަށް ފެއާ އޮންނަ ކޮންމެ ރެއަކު ފެޝަން ޝޯއެއް ބާއްވާގޮތަށް ހަަޖެހިފައިވެ އެވެ.

ޒާނާ ރޭގެ ފެޝަން ޝޯގައި — ފޮޓޯ: ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން

ރޭގެ ފެޝަން ޝޯގައި ވަނީ ހާއްސަ ބައިވެރިއެއްގެ ގޮތުގައި ބިއުޓިފުލް އައިސްސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ޑައުން ސިންޑްރޯމް ހުންނަ ޒާނާ އަލީ ޝަރީފު ބައިވެރިވެފައި އެވެ. އެ އެސޯސިއޭޝަނުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިފަދަ ފެއާތަކުން ފުރުސަތު ލިބުމަކީ އެ ކުދިން ކުރިޔަށްދާން ބޭނުންވާ ދާއިރާތަކުން ކުރިޔަށް ދިއުމަށް ލިބިގެން ދާ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ފެއާ ކުރިޔަށްދާނީ ރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ 08:30 ން 11:00 އަށް ދަރުބާރުގޭގައި އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *