ޢާންމު އިޖުތިމާޢީ މިންގަނޑަށް ނުފެތޭ ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުނު ކަމަށްބުނެ މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނެއް --
ޢާންމު އިޖުތިމާޢީ މިންގަނޑަށް ނުފެތޭ ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުނު ކަމަށްބުނެ މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނެއް --

ނިވާކަންކުޑަ ހެދުން އަޅައިގެން އުޅުނު ތިން އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޢާންމު އިޖުތިމާޢީ މިންގަނޑަށް ނުފެތޭ ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުން 3 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކަޅުހުރާމަގުން މިރޭ 22:40 ހާއިރު ކަމަށެވެ. އަދި އެއީ ތިން ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މިރޭ ކުރިއަށް ގެންދާ އޮޕަރޭޝަންގައި މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު ކުރެވޭ ދެމީހަކުވެސް މިރޭވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިރިޔާސް މަގުން މިރޭ 23:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މި އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *