ބޮލީވުޑް ތަރި ނަވާޒުއްދީން ސިއްދީގީ އޭނާގެ ކޮއްކޮގެ އަންހެނުން (ފަހަރި) ބަނޑުގައި ފައިން ޖެހިކަމަށްބުނެ އޭނާގެ ފަހަރި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގާ ނަވާޒުއްދީން ފުލުހުންނަށް ހެކި ހުށަހަޅައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މައްސަލައިގާ ނަވާޒުއްދީން ހުށަހަޅާފައިވަނީ ވީޑިއޯ ތަކެކެވެ.
ނަވާޒުއްދީންގެ ފަހަރި، އާފްރީން ފުލުހުންނަށް މައްސަލަ ހުށަހެޅީ ފައިސާގެ މައްސަލައެއްގައި ނަވާޒުއްދީން އޭނާގެ ބަނޑުގައި ފައިން ޖެހި ކަމަށް ބުނެ އެވެ. ނަމަވެސް ނަވާޒުއްދީން މިކަން ދޮގު ކުރެ އެވެ. މީޑިއާ އަށް މައުލޫމާތު ދެމުން ނަވާޒުއްދީން ބުނެފައިވަނީ އެއީ އޭނާގެ އަގުވައްޓާލަން ރާވައިގެން ހިންގަމުން އަންނަ ޖަރީމާއެއް ކަމަށެވެ.