ދަރިއަކު ލިބެން އުޅޭތީ ލިބޭ ފުރުސަތުތަކަށް ނޫނެކޭ ބުނެ ދަރިއަކު ލިބެން ވާއިރަށް ތައްޔާރީތައް ވަމުން އަންނައިރު ބޮލީވުޑް ބަތަލާ މިހާރު ލަމުންއަންނަ ހެދުންތަކަކީ ކިމް ކަރޑޭޝިއަން ލައި އުޅުނު ހެދުންތައް ކޮޕީކޮށްގެން ޑިޒައިން ކުރަމުން އަންނަ ހެދުންތަކެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފި އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ މާބަނޑު ދުވަސްވަރު ކިމް ކަރޑޭޝިއަން ލަމުން އަންނަ ހެދުންތަކާއި މާބަނޑު ދުވަސްވަރު ކަރީނާ ކަޕޫރު ލަމުން އަންނަ ހެދުންތަކަކީ އެއް ޑިޒައިނަކަށް ފަހާފައިވާ ހެދުންތަކެއް ކަމަށެވެ. އަދި އެއީ ކޮޕީ ސްޓައިލެއް ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން މިހެން ބުނަމުން އަންނައިރު ކަރީނާގެ ސަޕޯޓަރުން ބުނަނީ ކިމް ކަރޑޭޝިއަންގެ ހެދުންތައް ކޮޕީކުރުމަކީ ދެރަ ކަމެއް ނޫން ކަމަށާއި އެއީ ފަހުރެއް ކަމަށެވެ.
ކަރީނާ ކަޕޫރު އަދި ސައިފް އަލީ ޚާންގެ ކައިވެންޏަށް ހަތަރު އަހަރު ފުރިފައިވާއިރު ކަރީނާ ބަލިވެ އިންކަން މީޑިއާއަށް ތިލަވެފައިވަނީ މި އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ. ކަރީނާ ވިހާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެމްބަރު މަސް ތެރޭގަ އެވެ.