ޝަރީއަތުގެ އަޑުއެހުމަށްފަހު ފާރިހާ އަބްދުއްރަހްމާން ކޯޓުން ނެރިގެން ގެންދަނީ- ފޮޓޯ: ސަން އޮންލައިން
ޝަރީއަތުގެ އަޑުއެހުމަށްފަހު ފާރިހާ އަބްދުއްރަހްމާން ކޯޓުން ނެރިގެން ގެންދަނީ- ފޮޓޯ: ސަން އޮންލައިން

ދަރިފުޅު މަރާލީ ފާރިހާކަން ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭނާގެ މަންމަ

ވިހެއުމަށްފަހު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ ބ.ތުޅާދޫ ހުދުއަސުރުމާގެ ފާރިހާ ޢަބްދުއްރަޙްމާން ގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މިމައްސަލަ ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި މިއަދު ފާރިހާގެ މަންމަ އައިމިނަތު ހުސެއިން ހުށަހަޅައިފިއެވެ.

 ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވާ މިމައްސަލަ ދައުލަތުން އެދިގެން ސިއްރު ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ޔަގީން ކޮށްދިނެވެ.

ފާރިހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތިން ދައުވާ އެކެވެ. އެއީ އެއީ އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން ފާާރިހާ ވިހެއި ދަރިފުޅަކީ ބ.ތުޅާދޫ ގައި އެވަގުތު ދިރިއުޅު ބަނގްލަދޭޝް މީހެއްގެ ދަރިއެއް ކަމަށް ބުނެފައިވާތީ ފުލުހުން އެމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރިއެވެ. ނަމަވެސް އެމައްސަލައިގާ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މިމައްސަލައިގެ ހެކިބަސް ނެގުމަށް ފާރިހާގެ މަންމަގެ އިތުރުން އޭނާގެ ބޮޑު ދައިތަ އާއި އަދި އިތުރު 10 މީހަކު ވެސް ވަނީ ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ފުލުހެއް ވެސް ހެކިބަސް ނަގަން ހުށަހަޅާފައިވާކަން ވަނީ އެނގިފައެވެ.

ކުއްޖާގެ ބައްޕައަކީ ބިދޭސީ މީހެއްތޯ ބެލުމަށް ކުރި ތަޙުޤީޤާއި ބެހޭ ގޮތުން ސުވާލު ކުރުމުން، ކުއްޖާގެ ގައިން ޑީއެންއޭ ޕްރޮފައިލް ފެނިފައި ނުވާ ކަމަށް ފުލުސް މީހާ ވަނީ ބުނެފައެވެ.

ފާރިހާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އޭނާގެ ފަރާތުން ހަދާފައިވާ ރިޕޯޓުތަކުން ދައްކާތީ ނަފްސާނީ ޑޮކްޓަރެއް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް ދައުލަތުންވެސް އަދި ފާރިހާގެ ފަރާތުންވެސް މިއަދު ވަނީ އެދިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *