މިއީ މި ދުވަސްވަރު ބޮލީވުޑްގައި އެއްމެ ހޫނުގަދަ އެއް ބަހުސްކަން ފާހަގަކޮށްލެވެ އެވެ. ފިލްމު ފިތޫރު އިން އެކުގައި ފެނިގެންދިޔަ ކެޓްރީނާ ކެއިފް އަދި އަދިތުޔަ ރޯއީ ކަޕޫރު އެކުގައި އެކަހެރިކޮށް ފެނުން ގިނަވެފައިވާއިރު މި ސުވާލަށް އަދި ރަސްމީ ޖަވާބެއް ނުލިބެ އެވެ.
މި ސުވާލަށް ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް މި ދެތަރިން އެކުގައި ރެސްޓޯރެންޓަކަށް ޑީނާއަކަށް ދިއުމުން މި ދެތަރިންގެ ގުޅުމާމެދު ފާޑުކިޔާ ފަރާތްތަކުން މިވަނީ ސުވާލު އުފައްދާފަ އެވެ. ހޯމަ ދުވަހުގެ ރޭ މި ދެތަރިން ކެއުމަށް އިންސާފުކޮށްފައިވަނީ އެކުގަ އެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާގޮތުން ކެއުމަކަށް ދިއުމަށް ކެޓްރީނާ ބަލާ ކާރުގައި ދިޔައީ އަދިތްޔަ ރޯއީ އެވެ އަދި ކެއުން ނިމުމަށްފަހު ކެޓްރީނާ ގެއަށް ލާދިނީވެސް އަދިތްޔަ ރޯއީ އެވެ.
މި ދެތަރިންގެ ގުޅުމާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު މި ގުޅުމާއިމެދު މި ދެ ތަރިން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.