ގޫގަލްގެ އައު ފޯނު ”ޕިކްސެލް“ އަދި ”ޕިކްސެލް އެކްސްއެލް“ ލޯންޗު ކޮށްފި

ގޫގަލް ކުންފުނީގެ އައު ފޯނު ”ޕިކްސެލް“ އަދި ޕިކްސެލް އެކްސްއެލް“ ރަސްމީކޮށް ލޯންޗް ކޮށްފި އެވެ.

ގޫގަލްގެ އައު ފޯނު ލޯންޗްކޮށްފައިވަނީ ގޫގަލް އިން ރޭ ބޭއްވި އެ ކުންފުނީގެ ހާޑްވެއާ ލޯންޗް އިވެންޓްގަ އެވެ.

pixel7

އަލަށް ނެރުނު މި ފޯނަށް ބަލާލާއިރު ޕިކްސެލް ފޯނުގައި 5 އިންޗީގެ ޑިސްޕްލޭއެއް ހިމަނާފައިވާއިރު ޕިކްސެލް އެކްސްއެލްގައި ހިމަނާފައިވަނީ 5.5 އިންޗީގެ ޑިސްޕްލޭ އެކެވެ. ސައިޒުގެ ގޮތުން ބަލާއިރު އެއްމެ ފަހުން އެޕަލް އިން މާކެޓަށް ނެރުނު އައިފޯނު 7 އަދި 7 ޕްލަސްއަށްވުރެ ގޫގަލް ޕިކްސެލް އަދި ޕިކްސެލް އެކްސްއެލް ސައިޒް ކުޑަ އެވެ. ނަމަވެސް އައިފޯނު 7 އަށް ވުރެ ޕިކްސެލް ބޯކަން ފާހަގަކުރެވެ އެވެ. ފޯނުގެ ކުރިމަތި ފަރާތުގައި އެއްވެސް ފިތެއް ހިމަނާފައެއް ނުވެ އެވެ.

pixel6

ޕިކްސެލް އަދި ޕިކްސެލް އެކްސްއެލްގައިވެސް ހިމެނެނީ 1080ޕީ ކޮލިޓީގެ ކުއަޑް އެޗްޑީ އެމޯލެޑް ސްކްރީނެވެ. ފޯނުގެ އޮޕަރޭޓިން ސިސްޓަމް (އެންޑްރޮއިޑް 7.1)ގައި ބޭނުންކޮށްފައިވާ ނެވިގޭޝަން ފިތްތައް ސައިޒުގެ ގޮތުން ކުޑަ އެވެ.

ފޯނުގެ ފުރަގަސް ފަރާތަށް ނަޒަރު ހިންގާލާއިރު ބަލައިލަން ލޮލަށްފަސޭހަ ގްލޮސީ ޕްލޭޓެއް ހިމަނާފައިވާ މި ފޯނުގައި ފިންގަރޕްރިންޓް ސެންސަރު ހިމަނާފައިވަނީ ފޯނުގެ ފުރަގަސް ފަރާތުގެ މެދުތެރޭގަ އެވެ. ވައަތް ފަރާތުގެ މަތީ ކަނުގައި ކެމެރާ ހިމަނާފައިވާއިރު މި ފަހުން ނިކުތް ފޯނުތަކަށްވުރެ ކެމެރާގެ ލެންސް ސައިޒް ކުޑަކަން ފާހަގަކޮށްލެވެ އެވެ. ގޫގަލް ޕިކްސެލް އަދި ޕިކްސެލް އެކްސްއެލްގައި ހިމަނާފައިވަނީ 12 މެގްޕިކްސެލް ކެމެރާ އެއްކަންވެސް ފާހަގަކޮށްލެވެ އެވެ.

pixel3

މި މަހުގެ 20 އިން ފެށިގެން މި ފޯނު ބާޒާރުން ލިބެން ހުންނާނެ ކަމަށް ބެލެވޭއިރު ގޫގަލް ޕިކްސެލް 32 ޖީބީ ފޯނެއްގެ އަގަކީ ގާތްގަނޑަކަށް 650 ޑޮލަރެވެ. 128 ޖީބީގެ ޕިކްސެލް އެކްސްއެލްގެ އަގަކީ ގާތްގަނޑަކަށް 870 ޑޮލަރެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *