ސަޢޫދީ އިން ދެއްވާ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ ކިޔަވާ ކުދިންނަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތުތައް އިތުރު ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު އަލް-އިއްސާ މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާތަށް ކުރައްވާފައިވަނީ ރިޔާޟްގެ ކިންގް ސަޢުދު ގެސްޓް ޕެލެސްގައި މިއަދު ރައީސް ޔާމީންގެ އަރިހަށް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން ކުރެއްވި އިޚްތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ބޭއްވި މިބައްދަލުވުމުގައި ފަންނީ ދާއިރާތަކުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ރާއްޖޭގެ ކިޔަވާ ކުދިންނަށް ސަޢޫދީ ޢަރަބިއްޔާއިން 300 ސްކޮލަޝިޕް ފުރުޞަތު ދިނުމަށް ނިންމަވާފައިވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވިއެވެ. އަދި، މިކަންކަން އަވަސް މުސްތަޤްބަލެއްގައި ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު ސަޢޫދީ ޢަރަބިއްޔާގެ ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ޚިޔާލު ބަދަލު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ކުރައްވަމުން ގެންދަވާ މިރަސްމީ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ވޯޓަރ އެންޑް އެގްރިކަލްޗަރ، ހިޒް އެކްސެލެންސީ ޢަބްދުއްރަޙްމާން ބިން ޢަބްދުލް މުޙްސިން އަލް ފަޛްލީ ވެސް މިއަދު ހެނދުނު ސަޢޫދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ގެސްޓް ޕެލަސްގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.

%de%87%de%ac%de%82%de%b0%de%88%de%a6%de%87%de%a8%de%83%de%a6%de%89%de%ac%de%82%de%b0

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދަނޑުވެރިކަން ފުޅާކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ތަނަވަސްކުރުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *