ކާޑު އަގު ބޮޑުވެގެން ފުވައްމުލަކުގައި މުޒާހަރާ ކުރަނީ --
ކާޑު އަގު ބޮޑުވެގެން ފުވައްމުލަކުގައި މުޒާހަރާ ކުރަނީ --

ކާޑުގެ މައްސަލައިގަ ފުވައްމުލަކު އެސްޓީއޯ ފިހާރައިގަ ތަޅު އަޅުވައިފި

ކާޑުގެ އަގު ބޮޑުކޮށް ކާޑަށް ދޭ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ފުވައްމުލަކު ސިޓީގައި މުޒާހަރާކޮށް އެސްޓީ ފިހާރާގައި ތަޅު އަޅުވައިފި އެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ދެވަނައަށް އެބާވަތްތައް ގަންނަ ލިބޭ އަގު އެންމެ ބޮޑީ ފުވައްމުލަކު ސިޓީގައި އެވެ. އެގޮތުން ފުވައްމުލަކުގައި ގައި 5.96ރ. އަށް ވިއްކާ ފުށް ކިލޯއެއް ވިއްކަނީ 7.18ރ. އަށެވެ. މާލޭގައި އަށް ރުފިޔާއަށް ވިއްކާ ހަކުރު ކިލޯ ފުވައްމުލަކު ސިޓީގައި ވިއްކަނީ 9.22ރ. އަށެވެ.  އަދި ހަނޑޫކިލޯއެއް ވިއްކަނީ 9.18ރ. އަށެވެ.

އެ ސީޓީގައި މިއަދު 200 އެއްހާ މީހުން ނުކުމެ ކާޑުގެ އަގު ބޮޑުމުން އެކަމާ ދެކޮޅަށް މުޒާހަރާކޮށް އެސްޓިއޯގެ ފިހާރާގައި ތަޅު އަޅުވާފައިވާއިރުފިހާރައިގެ އެއްވެސް މުވައްޒަފަކު ނެތް ކަމަށްވެ އެވެ. ފުލުހުން މިހާރު ދަނީ އެ ސރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އިސާމް ވިދާޅުވީ މުޒާހަރާ ކުރާ މީހުން ގޮސް ތަޅު އެޅުވީ ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ 136 ނަމްބަރު ފިހާރައިގައި ކަމަށެވެ. އޭނާ ވިދާޅުވީ މުޒާހަރާގައި  ބައިވެރިވަނީ ވަކީ ޕާޓިއެއްގެ މީހުން ނޫން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކާޑުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ފުވައްމުލަކު ހޮޓާތަކުގައި ވިއްކާ އެއްޗެހީގެ އަގު ވަނީ ބޯޑުކޮށްފައި އެވެ.

ކާޑުގެ އަގު ބޮޑުވެގެން އައްޑޫ ސިޓީ އާއި މާލޭ ސިޓީގައި ވެސް ވަނީ މުޒާހަރާކޮށްފައި އެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *