ބޮލީވުޑް ތަރި ދިޝާ ޕަޓާނީ އަދި ހޮލީވުޑް ތަރި ޖެކީ ޗަން އެކުގައި ފެނިގެންދާ ބޮލީވުޑް ފިލްމު ”ކުންގް ފޫ ޔޯގާ“ ފިލްމުގެ އެއްމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ދިޝާ ޕަޓާނީ ޖެކީ ޗަން އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ދިޝާ ބުނެފައިވަނީ ކޮންމެ ދުވަހަކު ޝޫޓިން އަށް އަންނައިރު ޖެކީ ޗަން ޗޮކްލެޓާއި ކުކީ ގެންނާނެ ކަމަށެވެ. އަދި ހުރިހާ ކްރޫންނަށް ބަހާނެ ކަމަށެވެ. އަދި އެފަދަ ކަމެއްކުރާ ތަރިއަކު މިހާތަނަށް ފެނިފައިނުވާކަމަށްވެސް ދިޝާ ބުނެފައި ވެ އެވެ.
ދިޝާ ބުނެފައިވަނީ ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ފިލްމުގެ ކްރޫންގެ ސަލާމަތީ ކަންކަމާމެދުވެސް ޖެކީ ޗަން ފިކުރު ކުރާކަން އެނގޭ ކަމަށާއި ޖެކީ ޗަން އަކީ ވަރަށް ތަފާތު މިޒާޖެއްގެ އިންސާނެއް ކަމަށެވެ.
ކުންފޫ ޔޯގާ ފިލްމަކީ އިންޑިއާއާއި ޗައިނާ ގުޅިގެން ކުރިއަށްގެންދާ ފިލްމެކެވެ. 65 މިލިޔަން ޑޮލަރުގެ ބަޖެޓަކުން ކުރިއަށްގެންދާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ.