ސްޓޯރޭޖްގެ ގޮތުން ދަށް އަދި ބައެއް އާދައިގެ ސްމާޓް ފޯނުތަކަށް އަމާޒުކޮށް ފޭސްބުކް މެސެންޖާ ލައިޓް ލޯންޗް ކޮށްފި އެވެ.
ސައިޒްގައި އެއްމެ 1 އެމްބީ ހިމެނޭ މި އެޕްލިކޭޝަން އަކީ އެއްމެ އާދައިގެ ސްމާޓް ފޯނުތަކުގައިވެސް ފަސޭހަކަމާއެކު ބޭނުން ކޮށްލެވޭނެ އަދި އިންޓަނެޓް ކަނެކްޝަން ދަށް ހާލަތްތަކުގައިވެސް ބޭނުން ކޮށްލުމަށް އެއްމެ އެކަށޭނެ އެޕްލިކޭޝަނެއް ކަމުގައި ފޭސްބުކުން ހާމަކުރެ އެވެ.
[contentcards url=“https://play.google.com/store/apps/details?id=hoahong.facebook.messenger&hl=en“]
އާދައިގެ ފޯނުތަކަށް އަދި ”ސްލޯ އިންޓަނެޓް ސްޕީޑް“ އަށް ހާއްސަކޮށް ފޭސްބުކް މެސެންޖާ ލައިޓް ލޯންޗްކޮށްފައިވާއިރު ފޭސްބުކް އެޕްލިކޭޝަންގެ ލައިޓް ވާސަން އެއްވެސް މީގެ ކުރިން ފޭސްބުކުން ލޯންޗް ކޮށްފައި ވެ އެވެ.