ރޭ ދަންވަރު ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން އޮފީހަށް ވަދެ ވަޅިން ބިރު ދައްކައި ފޭރިގަތް ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހޯދައިފި އެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފޭރުނު ފައިސާގެ ތެރެއިން 1،125،590 ދިވެހި ރުފިޔާއާ 321،603 ޑޮލަރު ހޯދުމަށްފަހު މިއަދު ހަވީރު 5:45 އެހާކަށްހާއިރު ބޭންކަށް ޖަމާކޮށްފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ވެސްޓާން ޔޫނިއަން އޮފީހަށް ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ އޮފީހުން ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.