ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި ގުރުއަތުލުމުގެ ތެރެއިން- ފޮޓޯ: ދުވަސް
ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި ގުރުއަތުލުމުގެ ތެރެއިން- ފޮޓޯ: ދުވަސް

ރީފްސައިޑުން ރަމަޟާން މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރީފްސައިޑް ޓީވީ ސްޓޯރުން މިއަހަރުގެ ރަމަޟާން މަހު ބޭއްވި ޚާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފިއެވެ.

މިއަދު ހަވީރު ރީފްސައިޑް ޓީވީ ސްޓޯރުގައި ބޭއްވުނު މިޕްރޮމޯޝަނުގެ ގުރުއަތުލުމުގައި ވަނީ އެއްވަން، ދެވަނަ އަދި ތިންވަނަ އަށް ދިޔަ ފަރާތްތަށް ހޮވާލާ އެފަރާތްތަކުގެ ނަން ހާމަ ކުރައްވާފައެވެ.

ރީފްސައިޑުން މަޢުލޫމަތު ދިން ގޮތުގައި، ރަމަޟާން މަހު ބޭއްވުނު މިޕްރޮމޯޝަން ބޮޑަށް ޚާއްސަ ކޮށްލެވިފައިވަނީ ”ސޮނީ“ ގެ ޕްރޮޑަކްޓްތަކަށެވެ. އަދި މިޕްރޮމޯޝަންގެ ގުރުއަތުލުމުން އެއްވަނަ އަށް ދިޔަ ފަރާތަށް 55 އިންޗީގެ ސޮނީ ބްރާވިއާ 4K ޓީވީ އެއް ވަނީ ލިބިފައެވެ. ދެވަނަ އަށް ދިޔަ ފަރާތަށް ލިިބިފައިވަނީ ސޮނީ އާރުއެކްސް 103 ސައިބަރ ޝޮޓް ކެމެރާއެކެވެ. އަދި ތިންވަނަ ލިބުނު ފަރާތަށް ލިބިފައިވަނީ ސޮނީ އެކްސްޕީރިއާ ޒީ ތްރީ ކޮމްޕެކްޓްއެކެވެ.

ރީފްސައިޑުން މިޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ މެއި، ޖޫން، ޖުލައި މި ތިން މަހުއެވެ.

މީގެ އިތުރުން ރީފްސައިޑުން މިދިޔަ ސެޕްޓެމްބަރު މަހު އަލަށް ލޯންޗުކުރި އެލްޖީ ބްރޭންޑް ތަކުގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް މިމަސް ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް، ރީފްސައިޑުން މަޢުލޫމާތު ދިނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *