ފޮޓޯ: ވީނިއުސް
ފޮޓޯ: ވީނިއުސް

މާލޭގެ ހަތަރު ސަރަޙައްދަކުން ކާޑު ސަބްސިޑީ ފޯމްު ބަލައިގަންނަނީ

ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާޑުގެ ބާވަތްތައް ގަތުމަށް ދެވޭ މާލީ އެހީ އަށް އެދި ހުށަހަޅާ ފޯމު މާލޭގެ ހަތަރު ސަރަޙައްދަކުން ބަލައިގަތުން ހަމަޖައްސައިފިއެވެ.

މިގޮތުން ހަމަޖައްސާފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ހުޅުމާލެ އަދި ވިލިމާލެ ޓާރމިނަލް ގެ އިތުރުން މީރާ އޮފީސް ކައިރިއެވެ. މީގެ އިތުރުން އަތޮޅު ތެރެއިން ސަބްސިޑީއަށް އެދޭ ފޯމް އެއަތޮޅެއްގެ ކައުންސިލް އިދާރާއަކުން ލިބޭނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

ސަބްސިޑީއަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން އޭގެ ހައްގުވެރިންނަށް ސަބްސިޑީ ލިބިގެންދާނެ ކަމަށާއި ކާޑު ސަބްސިޑީ ދިނުމުގައި އަމަލު ކުރާނީ ”ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދާ“ އެއްގޮތަށް ކަަމަށްވެސް އެންސްޕާ އިން ވަނީ ބުނެފައެވެ.

އެންސްޕާ ގެ ގަވައިދުގައި ބުނެފައިވަނީ ކާބޯތަކެތި ގަތުމަށް އެހީ ދެވޭނީ ހަނޑޫ، ހަކުރު، ފުށަށް އެކަނި ކަމަށެވެ. އަދި ކާބޯތަކެއްޗަށް މާލީ އެހީގެ ގޮތުގައި މީލާދީ ކޮންމެ މަހަކަށް ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް 40 ރުފިޔާ މި ގަވައިދުގެ ދަށުން ލިބެ އެވެ. މިގޮތުން އެހީއަށް އެދި ހުށަހަޅާ ގޭބިސީ އަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބިދެވޭނީ 240 ރުފިޔާ ކަމަށްވެސް މި ގަވައިދުގައިވެ އެވެ. މިގަވައިދުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި ގިނަވެގެން މީހަކަށް 480 ރުފިޔާ އަދި ގޭބިސީއަކަށް އަހަރެއްގެ މައްޗަށް ގިނަވެގެން 2880 ރުފިޔާ ދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *